އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި މިހާތަނަށް 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ދެމީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ އުމުރުން 17 އަހަރުގެ ފިިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ.
ކުއްޖާ ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 އެހާކަންހާއިރުގައެވެ. އަދި ކުއްޖާ ފެނުނީ މަރާލާފައި އެއްލާލާފައި އޮއްވާ ހުޅުމާލޭ ފޭސް2 ގެ ތެރެއިންކަމަށްވެސް ފުލުހުން ބުނެއެވެ. މި ކުއްޖާ ފެނުނީ މަރާލުމަށްފަހު ފޮއްޓަކަށް ލާ މޫދަށް އެއްލާލާފައި އޮއްވާއެވެ.
މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި މި ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އެކުއްޖާގެ ހަށިގަނޑު ފެންނަން އެބަހުރިއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށެވެ.
ކޮމެންޓު ފޮނުވާ