ރާއްޖޭގައި ނަފްރަތު އުފެދެނީވެސް ލާދީނީ ވާހަކަތަކާއި ހެދިކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައެޅައްވާފައިވަ ބިލަށް ގިނަ ދީނީ ޢިލްމުވެރިންނާއި ޢާންމުންވެސް އަންނަނީ ކަންބޮޑުވުންފާޅުކޮށް، އެ ބިލު އަނބުރާ ނެގުމަށް ގޮވާލަމުންނެވެ.
ޙިސާންގެ އެބިލާއމެދު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވި ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަގީގަތަކީ ލާދީނީ މީހެއްގެ ބަލް ލޮބިގަންނަނީ އަމިއްލައަށް ދައްކާ ލާދީނީ ވާހަކަތަކުންކަމަށެވެ. ރާއްޖޭގައި ނަފްރަތު އުފެދެނީވެސް ލާދީނީ ވާހަކަތަކުގެ ސަބަބުންކަމަށާއި، އެފަދަ ވާހަކަތައް ދެއްކުން ހުއްޓާލުމުން އެކަން ވަރަށް ބޮޑަށް ހައްލުވެގެންދާނެކަމަށް ޒައިދު ވިދާޅުވިއެވެ.
Laadheenee meeheh ge label libigannanee amilla ah dhakkaa laadheenee vaahaka thakun! Mi e hageegathakee! Raajje gai Nafrath ufedhenee ves Laadheenee vaahaka thakaa hedhi! Efadha vaahaka thah dhekkun huttaalumun, mikamah v bodu Halleh libigen dhaane!
— Ali Zaid (@alizaid1000) June 21, 2021
ނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ، އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ. ކޮމެޓީން ރޭބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ ވަނީ މިބަލަކީ މަޖިލީހުން ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރާ ބިލަކަށްވުމުން ބިލްގެ މަސައްކަތް ވީހާވެސް އަވަހަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ނިންމާފައިވާކަމަށެވެ.
އާންމުކޮށް ކޮމިޓީތަކުން ބިލްތަކުގެ މަސައްކަތްކުރާއިރު، އާންމުންގެ ޚިޔާލަށް ހުޅުވާލައެވެ. ނަމަވެސް މިބިލަށް ޚިޔާލު ހޯދުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދުމަށެވެ.
ގިނަ އާންމު ރައްޔިތުންނާއި، ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި، ދީނީ އިލްމުވެރިންގެ ބޮޑު ކަންބޮޑުވުންތަކެއް މިބިލާއިމެދު އޮތްނަމަވެސް ކޮމިޓީން އެކަމަށް އެއްވެސް ވަރަކަށް އިޝާރާތް ކުރައްވާފައި ނުވެއެވެ. އަދި މިކަމުގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަޝްވަރާ ހޯދުމަށްވެސް ނިންމާފައި ނުވެއެެ. ބިލަށް ކޮމެންޓް ހޯދާނެ ފަރާތްތައް ކަނޑައެޅުމާއެކު ބިލުގެ މަސަައްކަތް ކޮމިޓީން ނިންމާނެ ތާރީހަކީ މި މަހުގެ 23 ވަނަ ދުވަސް ކަމަށް ވެސް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ