މަސައްކަތާއި ނުގުޅޭ މަޢުލޫމާތު ސާފުކުރަކަމުގެ ޝަކުވާއެއް ހުށައަޅާފައެއްނުވޭ: ފުލުހުން

މަސައްކަތާއި ނުގުޅޭ މަޢުލޫމާތު ސާފުކުރަކަމުގެ ޝަކުވާއެއް ހުށައަޅާފައެއްނުވޭ: ފުލުހުން

Author
މުޙައްމަދު ޖިމީ
21 ޖޫން 2021 01:16
0

ކޯވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން މިހާތަނަށް ހުށައަޅާފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ، ކޯވިޑް ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒްކުރުމުގެ ގޮތުން މަގުމަތީގައި ހަރަކަތްތެރިވާ ފުލުހުން، ޢާންމުން ހުއްޓުވައި، ފުލުހުންގެ މަސައްކަތާއި ނުގުޅޭ މަޢޫލޫމަތު ސާފުކުރާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުން ދިއުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އެފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ފެނިއްޖެނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލައެއް ބެލުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭކަމަށެވެ.

އަދި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕާމިޓް ވެރިފައި ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް އެންގުމަށް ފޯން ނަންބަރު އޮޅުން ފިލުވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.