ރާއްޖޭގައި ޤާރީ ކޯހާއި ޢަރަބި ކޯސްތައް ހަދާފައިވާ ފަރާތްތަކުން ވަޒީފާ ނުލިބިގެން އުޅޭއިރު، އިންޑިއާ ޓީޗަރުން އަރަބިބަސް ކިޔަވައިދޭން ގެނައުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްމާލީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.
އިންޑިއާއިން ރާއްޖެއަށް ފޮނުވާ، ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު މިހާރު ވަނީ ރައްޖެ އައިސްފައެވެ. އިންޑިއާއިން ޢަރަބި އަދި ޤުރުއާން ކިޔަވައިދޭ ޓީޗަރުން ގެނެސްފައިވަނީ ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.
ޢަރަބި އަދި ޤުރުއާން ކިޔަވައިދޭން ބިދޭސީން ޓީޗަރުން ގެނައުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޑރ.ޝަހީމް ވަނީ، ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީ ތަކުން ޤާރީ ކޯހާއި ޢަރަބި ކޯސްތައް ހަދާފައިވާ ފަރާތްތަކުން ވަޒީފާ ނުލިބިގެން އުޅޭ އިރު، ބިދޭންސީން ގެނެސް ޤުރުއާނާއި ޢަރަބި ބަސް ކިޔަވައިދޭންވީ ހަމަޖެހޭ ސަބަބެއް އެބައޮތޯ ސުވާލުކުރައްވާފައެވެ.
ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީ ތަކުން ޤާރީ ކޯހާއި ޢަރަބި ކޯސްތައް ހަދާފައިވާ ފަރާތްތަކުން ވަޒީފާ ނުލިބިގެން އުޅޭ އިރު، ބިދޭންސީން ގެނެސް ޤުރުއާނާއި ޢަރަބި ބަސް ކިޔަވައިދޭންވީ ހަމަޖެހޭ ސަބަބެއް އެބަ އޮތްބާ؟
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 21, 2021
ޝަހީމް ވިދާޅުވީ، ރާއްޖޭގެ މުދައްރިސުންގެ ޤުރުއަން ކިޔެވުމުގެ އަޑު މަޚުރަޖަ މާ ރަނގަޅުވާނެކަމަށެވެ.
ޝަހީމް މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިންޑިއާގެ "ދަ ހިންދޫ" ނޫހުގައި ބުނެފައިވަނީ، ޓީޗަރުން ރާއްޖެއަށް ފޮނުވާފައިވަނީ، ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވެގެންކަމަށެވެ.
ކޮމެންޓު ފޮނުވާ