މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީން ވާދަކުރަނީ ޟަމީރު

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީން ވާދަކުރަނީ ޟަމީރު

Author
މުޙައްމަދު ޖިމީ
21 ޖޫން 2021 12:13
0

މާލެ ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރަކަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ވާދަކުރަން ނިންމައިފިއެވެ. މާލެސިޓީ ކައުންސިލްގެ ފުރިހަމަ އަޣްލަބިއްޔަތު އިދިކޮޅު ޕީޕީއެމްއަށް ލިބިފައިވާއިރު، 19 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 6 މެންބަރުން ކައުންސިލްގައި ތިއްބަވައެވެ. ޕީޕީއެމްގެ 13 ކައުންސިލް މެންބަރުން ތިއްބައެވެ.

އެމްޑީޕީން ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރާ ޟަމީރަކީ މިދިޔަ ދައުރުގެވެސް ކައުންސިލަރެކެވެ. އެމްޑީޕީން ޟަމީރު ކުރިމަތިލައްވާއިރު، ޕީޕީއެމްއިން ވަނީ ޑެޕިއުޓީ މޭޔަރުކަމަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް އައްޔަންކުރުމަށް ނިންމާފައެވެ.

ސިޓީ ކައުންސިލްތަކުގެ ތެރެއިން މިހާތަނަށް ޑެޕިއުޓީ މޭޔަރަކު ކަނޑަނާޅައި އޮތީ މާލެ ސިޓީ ކައުންސިލް އެކަންޏެވެ. ކައުންސިލްތަކުގެ ތެރެއިން ޑެޕިއުޓީ މޭޔަރުގެ ވާދަވެރިކަން އެންމެ ބޮޑުވެފައިވަނީވެސް މާލެ ސިޓީ ކައުންސިލްގައެވެ. މާލެ ސިޓީ އެކައުންސިލްގައި މޭޔަރާއެކު ހިމެނިވަޑައިގަންނަވާ 19 މެންބަރުންގެ ތެރެއިން 12 މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.