ޢަލީ ވަޙީދު ޝަރީޢަތުގައި ބައިވެރިވަނީ ޔޫކޭ ހައިކޮމިޝަނުގައި ހުންނަވައިގެން

ޢަލީ ވަޙީދު ޝަރީޢަތުގައި ބައިވެރިވަނީ ޔޫކޭ ހައިކޮމިޝަނުގައި ހުންނަވައިގެން

Author
މުޙައްމަދު ޖިމީ
21 ޖޫން 2021 12:03
0

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދަޢުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ހުންނަވައިގެންކަމަށް މަޢުލޫމާތު ލިބިެއްޖެއެވެ.

ޢަލީ ވަޙީދު ވަނީ، އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ އެކަމަށް އެދި ހުށައެޅުމަށް އަންގާފައެވެ. މިއަދު މެންދުރު ފަހު 3 ޖަހާއިރު އޮންލައިންކޮށް އޮންނަ މި އަޑުއެހުމުގެ ކަންކަން ހަމަޖައްސަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ. މަޢޫލޫމާތު ލިބިފައިވާގޮތުން ޢަލީ ވަހީދު ވަނީ އޭނާ ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެޑްރެހާއި ފޯނު ނަންބަރުވެސް މިހާރު ކޯޓާއި ހިއްސާކޮށްފައެވެ. ޢަލީ ވަޙީދު ކްރިމިނަލް ކޯޓަށް އަންގާފައިވަނީ އަދިވެސް އޭނާ ރާއްޖެ ވަޑައިގެންފައިނުވަނީ، ބޭސްފަރުވާގެ ކަންކަން އަދިވެސް ނުނިމޭތީކަމަށް ވިދާޅުވެފައެވެ.

ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވާން އަލީ ވަޙީދު އެދިފައިވާއިރު، އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއާއެކު ވެފައިވާ 4 މަސްދުވަހުގެ އެއްބަސްވުމުގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ. ޖާމިނުވި ނަމަވެސް އަލީ ވަހީދު އުޅޭތަނެއް ނޭނގޭކަމަށް އަސްހަދު އަލީ ބުނުމުން އޭނާއަށް ފިޔަވަޅު އަޅައިދޭން ޕްރޮސިކިއުޓާ ޖެނަރަލްވަނީ ކުރިމިނަލް ކޯޓުގައި އެދިފައެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުމެއްގައި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވިއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ ކޯޓަށް ހުށައަޅާފައެވެ.

މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 21 އަހަރުގެ ޖަލު ހުކެމެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފޫހި
އެހެންވީމާާ މިއީީ ސަރުކާރުންް ކުޅޭޭ ބޮޑުު ޑްރާމާއެއްނުު. އޭނާާ ރާއްޖެގެނެވެންޖެހޭނެެ ތިޔަބުނާާ ބައްޔެއްް ރަނގަޅެއްނުވާނެެ އަދިި ޖަލުހުކުމެއްް އައިސްފިނަމަަ ޔޫކޭޭ ގެެ ރައްވެއްސަކަށްވާނެެ މިއީީ އިންސާފެއްނޫންް.