މިނިސްޓަރ މާރިޔާ 241 ކޮމެޓީއަށް ހާޒިރުކޮށްފި

މިނިސްޓަރ މާރިޔާ 241 ކޮމެޓީއަށް ހާޒިރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2021 10:29
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދަމުންދާ ޕާލިމަންޓްރީ އިންކުއަރީއަށް ޑިފެންސް މިނިސްޓަރ މާރިޔާދީދީ ހާޒިރު ކޮށްފިއެވެ.

މިނިސްޓރަ މާރިޔާ ކޮމިޓީގައި ބައިވެރިވުމަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ސިފައިން އެކަމަނާއާއިއެކު ވަޑައިގެންފައިވެއެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަކީ މިމައްސަލާގައި އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އެންމެ ބޮޑަށް އިނގިލި ދިއްކުރަމުންދާ އެއް ފަރާތެވެ. އެގޮތުން މިނިސްޓަރ މާރިޔާއަށް މިހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު ހިއްސާކުރައްވާފައިވަނިކޮށް މިވަރުގެ ހަމަލާއެއް ދިނުމަކީ މާރިޔާގެ އިހުމާލު އޮތްކަމެއްކަމަށް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިންކުއަރީ ހަދަމުންދާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓިއަށް ވަކިވަކި ފުލުހުންނާއި ސިފައިން ދަނީ ޙާޒިރުކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގައި ހިމެނޭ ރައީސް ނަޝީދުގެ ބޮޑީ ގާޑުންވެސް ހިމެނެއެވެ. އެ ކޮމެޓީއަށް ވަކި ވަކި ސިފައިން ވެސް ހާޒިރުކުރަން ފަށައިފައިވާ އިރު އަސްލަމް ކުރިން ވިދާޅުވީ ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ 29 ބޭފުޅަކާ ސުވާލު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދަށް ބަދަލު އަތުވެދާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެސްޕީޖީގެ ސިފައިންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރަ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފާއި، ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ މުއައްސަސާގެ އިސްވެރިންވެސް މިހާރު ވަނީ ކޮމިޓީއަށް ޙާޒިރުކޮށްފައެވެ. މީގެ އިތުރުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމާއި މާލެސިޓީގެ ކުރީގެމޭޔަރު ސިފާ މުޙައްމަދުވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ. ކޮމިޓީއަަށް އެމްއެމްއޭގެ ގަވަރުނަރާއި، ހޯމް މިނިސްޓަރވެސް ވަނީ ހާޒިރުކޮށްފައެވެ.

241 ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށާއި، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކުރަމުން ގެންދާނެކަމަށެވެ. އަދި 241 ކޮމިޓީއިން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށްވެސް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ 6 ވަނަ ދުވަހު ދިން ޓެރެރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތް ދެނެގަތުމަށް މަޖިލީހުން ގެންދަނީ ތަހުޤީގެއް ނޫންކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާކަމަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއާއި ގުޅިގެން ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ކުރިއަށްގެންދާ އިންކުއަރީއަށްފަހު މިފަދަ ޙަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަމަށް ބާރުއެޅުމާއި އެފަދައިން މަސައްކަތް ކުރެވޭނެ ގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް އަރުވާނެކަމަށް 241 ކޮމިޓީން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.