އެސްޓްރާ ޒެނެކާ ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފި

އެސްޓްރާ ޒެނެކާ ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފި

Author
ޢަލީ އާދަމް
20 ޖޫން 2021 08:16
0

ކޯވިޑް 19 އިން ރައްކާތެރި ވުމަށްޓަކައި ބޭނުންކުރަން ދުނިޔޭގައި އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އެސްޓްރާ ޒެނެކާއިން އުފައްދާފައިވާ "ކޯވިޑް-19 ވެކްސިން އެސްޓްރާ ޒެނެކާ" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފި އެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓިން މިއަދު މި ވެކްސިނަށް ހުއްދަ ދީފައި ވަނީ އެމަޖެންސީ ހާލަތުގައި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށެވެ.

މިއީ ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ބޭނުންކުރުމަށް ހުއްދަދީފައިވާ 7 ވަނަ ވެކްސިނެވެ. އެސްޓްރާ ޒެނެކާ ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން މީގެކުރިން ސޮއިކޮށްފައި ވެއެވެ. އަދި މި ވެކްސިން މިމަހުގެ ފަހުކޮޅު ލިބޭވަރުވާނެކަމަށް ހެލްތު މިނިސްޓަރ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އެފްޑީއޭއިން ބުނީ، މި ވެކްސިންތައް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަކަ ކުރުމަށްފަހު ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާ އެކު ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރަން އެފްޑީއޭއިން މިހާތަނަށް ހުއްދަ ދީފައި ވަނ ީއެސްޓްރާ ޒެނެކާގެ އިތުރުން ސްޕުޓްނިކް ވީ، ފާއިޒާ، ސިނޮފާމް، ކޮވިޝީލްޑް، މޮޑާނާ އަދި ޖެންސެން ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.