ގެސްޓްހައުސް ވިޔަފާރިއަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ގެސްޓްހައުސް ވިޔަފާރިއަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

Author
ޢަލީ އާދަމް
20 ޖޫން 2021 07:16
0

ގެސްޓްހައުސް އެސޯސިއޭޝަނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އެޖަމިއްޔާގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާކުރައްވައިފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް ވެރިންނާއެކު މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ކޯވިޑް ބަލިމަޑުކަމުގެ ޙާލަތުގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންނެވެ.

ކޯވިޑްގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި އެންމެ ބޮޑު ލޮޅުމެއް އައި ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަަތް ކަމަށް ވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގެސްޓް ހައުސްތައް ތަކަށް ވަނީ ތަފާތުގިނަ ގޮންޖެހުންތައް ކުރިމަތި ވެފައެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށް ހޯދޭނެ ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންވެސް ޙިއްސާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޯވިޑްގެ ހާލަތުގައި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން އެކިއެކި ދާއިރާތަކުގެ ވިޔަފާރިތަކާ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން ދާދިފަހުން ސެލޫން ހިންގާ ފަރާތްތަކާ ބައްދަދަލުކުރައްވާފައި ވެއެވެ. މީގެ އިތުރުން މިއަދު ރެސްޓޯރެންޓް އެސޯސިއޭޝަންގެއިސް ވެރިންނާވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.