ވެބްކެމް ކުރިމަތީގައި ހިތާމަވެރިހާދިސާތައް ހިނގާފައިވޭ، އެއިން ރައްކާތެރިވާން ޖެހޭ: ޒައިދު

ވެބްކެމް ކުރިމަތީގައި ހިތާމަވެރިހާދިސާތައް ހިނގާފައިވޭ، އެއިން ރައްކާތެރިވާން ޖެހޭ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2021 09:12
0

ވެބްކެމެރާއަކީ ރާއްޖޭގެ ރައްޔިތުން ނުހަނު ރައްކާތެރިވާންޖެހޭ އެއްޗެއްކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިފަދައިން ވިދާޅުވެފައިވަނީ ނަފްރަތު ބިލާއި ދެކޮޅަށް ރާއްޖޭގެ ގިނަ ކައުންސިލްތަކުން ބަޔާން ނެރެމުންދާތީ އެކަމުގެ ހިންހަމަ ނުޖެހުން ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު ފާޅު ކުރައްވައި އެކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދެއްކުމާއި ގުޅިގެންނެވެ. ޝައިޚު ޒައިދު ވިދާޅުވީ ދުނިޔޭގެ އެންމެ ހައި ސެކިއުރިޓީގައި އުޅުއްވާ ބޭފުޅުންވެސް ވެބްކެމެރާއަކަށް އިތުބާރު ނުކުރައްވަނީ ސަބަބުތަކެއް އޮތުމުންކަމަށެވެ. ރާއްޖޭގައިވެސް މީގެ ކުރިން ވެބްކެމެރާ ކުރިމަތީގައި ނުހަނު ހިތާމަވެރި ހާދިސާތައް ހިނގާފައިވައިރު، ވެބްކެމެރާތަކަށް ހާއްސަ ސަމާލުކަމެއް ދެއްވަން ޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ.

ސެކިއުރިޓީ ގޮތުން މާކް ޒުކަބަކް މެންތިބީ ވަރަށް މަތީގައި! އެކަމަކު ވެބްކެމް އަށް އިތުބާރު ނެތީމާ ޓޭޕް އަޅާފައި އެހެރީ! އަޑު އަހަން ރާއްޖޭގައިވެސް މީގެ ހިތާމަވެރި ހާދިސާތައް ހިނގާދިޔަކަމަށް! ވެބްކެމް އަށް ރައްކާތެރިވަމާ.

– އަލީ ޒައިދު ވިދާޅުވިއެވެ.

ޒައިދު މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު ރައީސް އޮފީހުގެ މިނިސްޓަރ ޝިފާޒުގެ ވެބްކެމް ވީޑިއޯއެއް މީގެ އަހަރުތަކެއް ކުރިން އާންމުވެފައިވެއެވެ. އެދުވަސްވަރު ޝިފާޒުވަނީ ސިޔާސީ މަސައްކަތްތަކުންވެސް ކުޑަކޮށް އެއްފަރާތްވެފައެވެ. ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުން ދެކޮޅު ހަދައި ބަޔާން ނެރެމުންދާތީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް (ސިއްޕެ) ނުރުހުން ފާޅު ކުރެއްވުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންވަނީ އޭނާއަށް އަމާޒުވެފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ކައުންސިލްތަކުން ނެރެމުންދާ ބަޔާނަކީ ކައުންސިލް މެމްބަރުންގެ ޚިޔާލާއި ވިސްނުމަށް ނެރެމުންދާ ބަޔާނެއް ނޫންކަމަށް ވިދާޅުވެފައެވެ. އެއީ ސަލަފް ޖަމްއިއްޔާއިން އިސްވެ ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

ނަފްރަތުގެ ބިލާ ދެކޮޅަށް ނެރޭ ބަޔާންތަކުގެ ބަދަލުގައި އިންސާފަށް އެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިމާވެފައިވާ ނުތަނަވަސް ހާލަތުން އެމަނިކުފާނަށް އަވަސް އިންސާފެއް ލިބުމަށް އެދި ބަޔާންތައް ނެރުމަށް މަސައްކަތް ކުރުމަށްވެސް ޝިފާޒު ވަނީ ދާއިރާތަކުގެ ރައީސުންނަށް ގޮވާލާފައެވެ. އެމްޑީޕީގެ ކައުންސިލުތައް ނެތް ރަށްތަކުގެ ކައުންސިލުތަކުން ވެސް ބަޔާންތައް ނުނެރެ މަޑުޖައްސާލުމަށް މަސައްކަތް ކުރުމަށް ނުވަތަ އެކަމާއި ދެކޮޅަށް އެހެން ކަމެއް ކުރުމަށް މަސައްކަތް ކުރުމަށް ޝިފާޒު ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.