ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
18 ޖޫން 2021 10:11
0

ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ 82 އަހަރުގެ ފިރިހެނެކެވެ.

(އެޗްޕީއޭ)އިން ވިދާޅުވީ މިރޭ 7:06ގައި ނިޔާވެފައިވަނީ ޢުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެއީ ލ.އަތޮޅު ކޯވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެކެވެ.

ރާއްޖެއިން ކޯވިޑްގައި ނިޔާވެފައިވާ މީހުންނަށް ބަލާއިރު މާލެ ފިޔަވައި އެންމެ ގިނަ މީހުން މިހާތަނަށް ނިޔާވެފައި ވަނީ ލ.އަތޮޅު ކޯވިޑް ފެސިލިޓީންނެވެ. ލ.އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 7 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

މިހާތަނަށް 203 މީހުން ރާއްޖެއިންވަމީ މިބަލީގައި ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.