ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވޮލެންޓިއަރުންނަށް ރައީސްގެ ޚާއްޞަ ޝުކުރު!

ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވޮލެންޓިއަރުންނަށް ރައީސްގެ ޚާއްޞަ ޝުކުރު!

Author
މުޙައްމަދު ޖިމީ
18 ޖޫން 2021 08:33
0

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރަމުން އަންނަ، އަދި މީގެކުރިން މަސައްކަތްކޮށްފައިވާ ވޮލަންޓިއަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ، ކޯވިޑްގެ އެންމެ ދަތި އުނދަގޫ ހާލަތުގައިވެސް ވޮލެންޓިއަރުން ހިތްވަރާއެކު ބުރަ މަސައްކަތެއް ކުރައްވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ވޮލަންޓިއަރުގެ ހިތްވަރުން ކޯވިޑުން އަރައިގަނެވެމުން އަންނަކަމަށާއި، އެމީހުންގެ މަސައްކަތުގެ އަގުވަޒަން މުޅިޤައުމަށްވެސް ނުކުރެވޭނެކަމަށެވެ.

ކޯވިޑް-19ގައި ރާއްޖެ އޮތް ނާޒުކު ފައްތަރުން އަރައިގަތުމަށް ސިއްޙީ އެހީތެރިން އިންތިހާއަށް ބޭނުންވުމާއެކު އެކަމަށް ގިނަ ބަޔަކު ކުރިމަތިލިޔެއވެ. އެގޮތުން ހާހަކަށްވުރެ ގިނަ މީހުން ކުރިމަތިލީއިރު ރާއްޖޭގައި ކޯވިޑްގެ ޙަލަތު އޮތީ ނުރައްކާވެފައެވެ. އެގޮތުން މިދިޔަ މަހު ކޮންމެ ދުވަހަކުވެސް 1000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްމަުންގޮސް އެކްޓިވް ކޭސްތަކުގެ ޢަދަދު 24،000އަށްވުރެ މައްޗަށްވެސް އަރައިގެން ދިޔައެވެ. މިއާއެކު ސިއްޙީ ޚިދުމަތްތެރިންނަށް ބުރަ ބޮޑުވެ ގިނަ ޢަދަދެއގެ ވޮލަންޓިއަރުން މަސައކްަތްކޮށްދީފައިވެއެވެ.

ރާއްޖޭގައި މިހާރު ވަނީ ކޯވިޑްގެ ޙާލަތު އަނެއްކާވެސް ރަނގަޅުވާން ފަށާފައެވެ. އެގޮތުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ 200އަށް ދަށްވެފައެވެ. އަދި މާލެ ސަރަހައްދުން ޕޮޒިޓިވްވާ ޢަދަދު ވަނީ 100އިން ދަށަށް ޖެހިލާފައެވެ. ރާއްޖޭގައި މިވަގުތު ކޯވިޑް ބަލިމީހުންގެ ގޮތުގައި ތިބީ6،930 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.