ދީނީ ޢިލްމުވެރިންނާއި ދެކޮޅަށް ކަންކަން ނިންމުން ނަތީޖާ ރަނގަޅެއްނުވާނެ: މަލީހު

ދީނީ ޢިލްމުވެރިންނާއި ދެކޮޅަށް ކަންކަން ނިންމުން ނަތީޖާ ރަނގަޅެއްނުވާނެ: މަލީހު

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2021 04:12
0

ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދެކޮޅަށް ކަންކަން ނިންމަމުންދާނަމަ އޭގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅުގައި ސަރުކާރުން މިކަމުގައި ގޮތްދޫނުކޮށް، އަމަލު ކުރަމުންދާ ގޮތާއި ގުޅިގެން މަލީހު ވިދާޅުވީ ގޮތްދޫނުކޮށް ބޯހަރކޮށްގެން ތިބުމުން އޭގެ ނަތީޖާ ރަނގަޅު ނުވާނެކަމަށެވެ. ދީނީ ކަންކަމުގައި ރާއްޖޭގެ ދީނީ އިލްމުވެރިން ދެއްވާ ލަފަޔާއި އިރުޝާދުތައް ބަލައި ނުގަނެ ބޮލާލާ ޖަހާނަމަ އޭގެ ނަތީޖާ ރަނގަޅު ނުވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ބޯހަރުކޮށް ގޮތްދޫނުކޮށް ލާދީނީ ބިލާއިގެން ކުރިޔަށް ދިޔާމަ ފެނިގެން މިދަނީ މިސަރުކާރުގެ ނުލަފާކަމާއި ލާދީނީ ކަމުގެ ކުޑަ މިންވަރެއް. މި ޤައުމުގެ ދީނީ ޢިލްމުވެރިންނާއި ދެކޮޅަށް ކަންކަން ނިންމީމަ ނަތިއްޔާ ރަނގަޅު ނުވާނެ. އާޚިރުގައި ހިތާމަ ކުރާނެ. ލާދީނީ ކިޔޭނެ. ކިޔާނަން.

– މަލީހު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިބިލް ހުށަހަޅާފައިވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށްފަހުގައެވެ. މިބިލް ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ބައެއް މީހުންނަށް އަމާޒުކޮށް "ލާދީނީ" ކިޔުމާއި، މިހޫންވެސް އެހެން ނަންނަމުން ގޮވާތީ އެކަންކަން ހުއްޓުވުމުގެ ބޭނުމުގައެވެ. ނަމަވެސް ގިނަ ބަޔަކު ބުނަމުންދަނީ އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކާއި ކަނޑައެޅގެން ޚިލާފަށް ކަންކަން ކުރާ މީހުންގެ މައްސަލަތަކާއި އަމަލުތައް ނުބަލައި މިގޮތަށް ކަންކަން ކުރުމަކީ ވަކި އެޖެންޑާއެއް ހާސިލް ކުރުމަށް ކުރާ ކަމެއް ކަމުގައެވެ.

ނަފްރަތުގެ ބިލާއި ދެކޮޅަށް ރާއްޖޭގެ ގިނަ އިލްމުވެރިން ތެދުވެފައިވާއިރު، ސަރުކާރުން މިކަމުގައި މިހާތަނަށް އޮތީ ހަމަ ހިމޭނުންނެވެ. ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެންހުރިހާ ޕާޓީތަކަކުންވެސް ދަނީ މިބިލާއި ދެކޮޅު ހަދަމުންނެވެ.

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެެވެ. އިލްމުވެރިންގެ ގުޅުމުން ރައީސަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ޤާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރު އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ޢަމަލު ބަޔާކުރާ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރައިތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެޖަމްއިއްޔާއިން ބުނީ، މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވި ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސަށް ވެސް ދެވެން ނޯންނެ ކަމަށާއި އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލީމްު
އާމިނިސްޓުރީއެށްހާދާފާހަވާލުކުރީމާވެސް އެމަސްޢޫލިށްޔަތުއަދާނުކުރެވުނު މީހެށްތީކޮންއަގައެށްތަޅަނީ..... ދީނީޢިލްމުވެރިންއެބަތިބިތަ ތިބިނަމަ އެމީހުންތިބޭނީ މިސްކިށްތަކުގާ ދީނީތަގުރީރުދޭ ތިބުނާމީހުންގެކަމްކީ ސިޔާާސީވާހަކަދެށްކުނޫންތޯ ތީބައެށްފަހަރުއިރުއަރާގޮތްވެސްކަނުދާމީހުން ..ވެރިކަމެއްނުލިބޭނެ ވަރަށްސާފު ހުރިހާވެރިކަމެއްގާވަޒީފާލިބުނު ނުހިންގިގެންބޭރުކުރަންޖެހެނީ މާތﷲގަންދީބުނަން އަކުރުބޮޑުމުސްހަފެށްހިފާގެންމިސްކިތުގާއިދެބަލަ......ރަގަޅުވާނެ......