ސިފާ، ސަރުކާރު ކޯލިޝަނަށް: ތިޔަ އުޅެނީ ނަފްރަތުގެ ބިލޭ ކިޔައިގެން ބަޣާވާތެއް ކޮށްލެވޭތޯތަ؟

ސިފާ، ސަރުކާރު ކޯލިޝަނަށް: ތިޔަ އުޅެނީ ނަފްރަތުގެ ބިލޭ ކިޔައިގެން ބަޣާވާތެއް ކޮށްލެވޭތޯތަ؟

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2021 10:57
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހުގެ ބިލާމެދު ސަރުކާރުގެ ކޯލިޝަނުން ދެކޮޅު ހަދަމުންދަނީ އަނެއްލާވެސް ބަޣާވާތެއް ކޮށްލުމަށްތޯ މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ އިސްލާހާއިމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިބިލާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ވަނީ ދެކޮޅު ހަދާފައެވެ. އަދި މިބިލް މަޖިލީހަށް ހުށަހަޅާފައިވަނީ އެއިން އެއްވެސް ޕާޓީއަކާއި މަޝްވަރާކުރުމެއްނެތި ކަމަށް އެޕާޓީތަކުން ވަނީ ބުނެފައެވެ.

މިބިލާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ދައްކަވަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ސިފާ ވިދާޅުވީ ވެރިކަމުގެ ކޯލިޝަންގައި ތިބެ ފެނިގެންދަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދިފަދަ ގޯސްތަކެއް ހެދުމަށް މަސައްކަތް ކުރަމުންދާތަން ކަމަށެވެ. ކަނޑައެޅިގެން ދީނުގެ ނަމުގައި ފަސާދަކޮށް، ސަރުކާރުގެ ތެރެއިން ބަޣާވާތެއް ހިންގުމަކީ މިއަދު ކޯލިޝަން ބައިވެރިންގެ ފަރާތުން ފެނިގެދާ މަންޒަރުކަމަށް ސިފާ ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ކޯލިޝަން ކިޔައިގެންތިބެ ބަޔަކު މިއޮތްގެން ދީނުގެ ނަމުގައި ފަސާދަކުރަނީ. ކުރިން ނުކުތީ 23 އިއްތިހާދޭ ކިޔާފައި. ނަފްރަތޭ، ސެކިއުލާ ބިލޭ ކިޔައިގެން ބަޣާވާތެއް ކޮށްލެވޭތޯތަ ތިޔަ އުޅެނީ.

– ސިފާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅި މިބިލަކީ އަދާލަތު ޕާޓީއާއި މަޝްވަރާކޮށްގެން ހުށައެޅި ބިލެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރުމާއި ގުޅިގެން އަދާލަތުން ބުނީ، ޤާނޫނުލް ޢުޤޫބާތަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފައިވާ ބިލަކީ ޢަދާލަތު ޕާޓީއާ މަޝްވަރާކުރެވިގެން ހުށަހަޅާފައިވާ ބިލެއްކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް، އެ ބިލު މަޖިލީހަށް ހުށަހެޅުމުގައި ޢަދާލަތު ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާކުރެވިފައި ނުވާކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއާއި، ޖުމްހޫރީ ޕާޓީންވެސް ވަނީ މިބިލަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ.

މިބިލާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިންވެސް އެތައްބަޔަކު ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީ ކައުންސިލް ތައްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ެ ެުލަބީބު
ޝިފާ ދޯ،، ވަރަށް ޑީ ގުރޭޑް މީހެންކަމަށް ވަނީ،، ފައިސާ އާއި ބާރު ލިބެންޔާ ކޮންމެ ފަދަ ކަމެއްވެސް ކުރާނެޔޯ،، ޕާކުގެ ލާރިގަނޑު ވެސް ދިރުވާލީސްޔޯ ެކޮރޮޕްޝަންގެ މައި މުގުލެކޯމީ ކުރީގެ ކައުންސިލަރުން ބުނެޔޯ
ފ ފޫހި
ވެރިކަމަކީ ހިތުހުރިގޮތަކަށް ކުރަން ހަވާލުކުރާއެއްޗެއްނޫނޭ