ނަފްރަތުގެ ޢަމަލު ބަޔާންކުރާ ބިލު އަނބުރާ ގެންދިއުމަށް 101 ޢިލްމުވެރިންގެ ފަރާތުން ޕެޓިޝަނެއް!

ނަފްރަތުގެ ޢަމަލު ބަޔާންކުރާ ބިލު އަނބުރާ ގެންދިއުމަށް 101 ޢިލްމުވެރިންގެ ފަރާތުން ޕެޓިޝަނެއް!

Author
ޢަލީ އާދަމް
17 ޖޫން 2021 11:26
0

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އިލްމުވެރިންގެ ގުޅުމުން ރައީސަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ޤާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރު އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ޢަމަލު ބަޔާކުރާ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރައިތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ސެކިއުލަރ ހަރަކާތްތައް މި ގައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ބައިނަލް އަގުވާމީ ޖަމާއަތްތަކާ ގުޅިގެން އެކި ޖަމާއަތްތަކުން ހިންގާ ޖަރީމާތަކާއި ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ހަގީގަތްކަން ދިވެހި މުޖުތަމައުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބަ އޮތެވެ."

– އިލްމުވެރިންގެ ގުޅުމުން

އެޖަމްއިއްޔާއިން ބުނީ، މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވި ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސަށް ވެސް ދެވެން ނޯންނެ ކަމަށާއި އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅި މެމްބަރު ޙިސާން ހުސައިން  މި ބިލާގުޅޭގޮތުން ވިދާޅުވެފައި ވަނީ ބިލުގެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު ހަގީގަތަކީ އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާން ދީނުގެ އެންމެ މަތީ އިމާމުން ދެއްވާފައިވާ އިރުޝާދުތަކާއި އިސްލާމީ ޝަރީއަތުގެ އިލްމަށް ރިއާޔަތް ކޮށްގެން ކަމަށް ޙިސާން ވިދާޅުވިއެވެ.

މި ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ކުށް ތަފްސީލްކޮށް އިތުރު ބިލެއް ވެސް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.