ކޯވިޑް-19އަށް އިތުރު 218 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި 218މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 86 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 116 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 13 މީހުންނާއި، ތަރައްޤީކުރަމުން އަންނަ ރަށްރަށުން ޕޮޒިޓިވްވި 3 މީހުންނެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 71،356އަށް އަރާފައެވެ.
ބަލިން ރަނގަޅުވާ އަދަދު އިތުރުވުމާއެކު ބައްޔަށް ފަރުވާހޯދަމުން މިހާރުގެންދާ މީހުންގެ އަދަދު ވަނީ 6،930އަށް ދަށްވެފައެވެ. މީގެތެރެއިން މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 67 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1034 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 64،214އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 6،930 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑްގައި ރާއްޖެއިން މިއަދު ނިޔާވީ މީހާ އާއި އެކު ރާއްޖެއިން މި ބަލީގައި މިހާތަނަށް ނިޔާވީ މީހުންގެ އަދަދު ވަނީ 201އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 184 ދިވެހިންނާއި 17 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ