އެސްޓީއޯގެ ތެޔޮ ބޯޓު އަލިހުރަސް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ!

އެސްޓީއޯގެ ތެޔޮ ބޯޓު އަލިހުރަސް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ!

Author
ޢަލީ އާދަމް
17 ޖޫން 2021 06:45
0

އެސްޓީއޯގެ ތެޔޮބޯޓު އެމްވީ އަލިހުރަސް ގދ. ފަރެސްމާތޮޑާ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީއާއެކު ދިޔަވުން ކޮންޓްރޯލް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރުފަހު 15:10 ހާއިރުކަމަށެވެ. އަދި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު ބޯޓު ދިޔަވުން ކޮންޓްރޯލްކޮށް އިތުރުރު ގެއްލުމެއް ބޯޓަށް ލިބިފައި ވޭތޯ ބަލަމުންގެންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނު އިރު ބޯޓު ދަތުރުކުރަމުންދަނީ 4.5 މިލިއަން ލިޓަރުގެ ތެޔޮބަރުކޮށްގެން ކަމަށެވެ. އަދި ބޯޓުގައި އެވަގުތު 17 ދިވެހިން ތިބިކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

ކޯސްޓްގާޑްގެ ޑައިވަރުންގެ މަސައްކަތުން، މި ބޯޓުގެ ހަލް އިން ދިޔަވާ ސަރަހައްދު މިހާރު ދެނެގަނެވިފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.