ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުމާއި އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދު ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސަބްރާ އިބްރާހީމް ނޫރައްދީން އެ މަގާމުން ވަކިކުރައްވާފައިވާކަމަށެވެ. އަދި ދެން އެކަމަނާ މަސައްކަތްކުރައްވާނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޚާއްސަ އެންވޯއީގެ ގޮތުގައިކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުމާއި މިވަގުތު ހަވާލުވެގެން ހުންނެވީ އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓް ހޫދުކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. ހޫދު މީގެކުރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ މަގާމުވެސް އަދާކުރައްވާފައެވެ. މިވަގުތު ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސްވެސް ހިންގަވަނީ ހޫދުގެ ބެއްލެވުމުގެ ދަށުންނެވެ.
އިބްރާހީމް ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ