އިތުރަށް ހޯދަންޖެހޭ ޚިޔާލެއްނެތް، ބިލާމެދު ރައްޔިތުންގެ ޚިޔާލު ސާފުވާނެ: ޝައިޚު ޒައިދު

އިތުރަށް ހޯދަންޖެހޭ ޚިޔާލެއްނެތް، ބިލާމެދު ރައްޔިތުންގެ ޚިޔާލު ސާފުވާނެ: ޝައިޚު ޒައިދު

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2021 01:20
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައަޅައްވާފައިވާ ބިލާއިމެދު އާންމުގެ ޚިޔާލު ހޯދަންނުޖެހޭ ވަރަށް، މިހާރު ޚިޔާލު ސާފުވެފައިވާނެކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ޤާނޫނުލް އުގޫބާތަށް އިޞްލާހު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ވަނީ މިއަދު ހުޅުވާލާފައެވެ. މަޖިލީހުން އާންމުގެ ޚިޔާލަށް އެދިފައިވާއިރު، ރާއްޖޭގެ ގިނަ ބަޔަކު ދަނީ ފާޅުގައި މިބިލަށް ދެކޮޅު ހަދަމުންނެވެ.

ބިލަށް ފެށުނީއްސުރެއް ދެކޮޅު ހައްދަވަމުންދާ ޝައިހު ޒައިދު ވިދާޅުވީ ބިލާމެދު އާންމުންގެ ޚިޔާލު ވަރަށް ސާފުކަމަށެވެ، އެތައް ހާސް ރައްޔިތުންނާއި، އެތަކެއް ކައުންސިލްތަކާއި، އިސްލާމިކް މިނިސްޓްރީންނާއި، ފަތުވާ މަޖިލީހުން މިކަމާއި ދެކޮޅު ހަދާފައިވާކަން ހާމަކޮށްފައިވާއިރު، ބިލަށް ހޯދަންޖެހޭ އިތުރު ޚިޔާލެއް އޮތްކަމަށް ނުދެކޭކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ނަފްރަތުގެ ބިލާމެދު މިހާރު ޢާންމުންގެޚިޔާލު ހުރިގޮތް ސާފުވާންވާނެ! އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީއަކާއި، އިސްލާމިކް މިނިސްޓްރީއާއި، ރާއްޖޭގެ ފަތުވާކޮމެޓީއާއި، އެތައް ކައުންސިލަކާއި ހުރިހާ ޢިލްމުވެރިންނާއި އެތައްރަށެއްގެ އެތައްސަތޭކަ ބަޔަކު ގޮވާ އެނަގަނީ ނަފްރަތުގެބިލް ކަމަކުނުދެޔޭ!

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

މި ބިލު މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. އެ ބިލަށް އާންމުންގެ ޚިޔާލު ހުށައެޅުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން ޖުޑީޝަރީ ކޮމިޓީގެ މެއިލް [email protected]އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ޢާންމުންގެ ޚިޔާލު ހޯދުމަށްފަހު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މި ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް ނިންމުމަށް ވަނީ ކަނޑައަޅަފައެވެ.

މަޖިލީހަށް ހިސާން ހުށައެޅުވި ބިލާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި އާއްމުންވެސް ދަނީ މި ބިލާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބިލާއި މެދު ކަންބޮޑުވުން ފަޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެނަމަ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އަދި މިކަމުގައި ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސް އެޅުމާއި، އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަ މަސަލަސްކަން ގެއްލިދާނެ ބައެއް ކަންކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

މި ބިލު ޙުށަހަޅުއްވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ވިދާޅުވީ މި ބިލް ހުށައެޅުއްވީ ރާއްޖޭގައި އިސްލާމްދީން ނައްތާލައި ޣައިރު ދީންތަކަށް މަގުފަހިކުރަންކަމަށް ބުނެ ދައްކަމުންދަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ
ވަރަށސާފު އިތުރަށހޯދަންޖެހޭނެ ޙިޔާލެއްނެތް.ރައޔަތުން މިގޮވަނީ ނޫނެކޭ ނޫނެކޭ. ހެޔޮނުވާނެއޭތިބިލްބޭރުކުރާށޭ ކުރާށޭ.
މ މޫސަ
ދިވެހިރާއްޖޭގައި4 ލައްކައައްވުރެގިނަމީހުންއެބައުޅޭ ޕާތީތަކުންކައިގެން ހަޅޭލަވާ މީހުންނާއި މީޑިއާގައި އެތޭކުދޭޟައިޚުންނާއި ފިޔަވައި އެހެންމީސްތަކުންގެޚިޔާލު ޟޭޚަށްެގެނީކޮންގޮތަކުނތޯއެވެމިއީވަޙީގެޒަމާނެއްނޫނެވެ ޟެއިޚަށްވިދާޅުވެވިދާނެ އިސްލާމދީނުގައިއޮންނާނެގޮތް އެކަމަކު އެއްމެން ދެކޭނޭގޮތް އެގިވަޑައިގަންނަވާނަމަ އެއީ އިތުރުފިޅެއް