އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

Author
މުޙައްމަދު ޖިމީ
17 ޖޫން 2021 09:05
0

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިސްރާޢީލުގެ ޓްރެވެލް އެޖެންސީއަކާއި ހަވާލާދީ އެޤައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސެޕްޓެމްބަރު މަހުގެ 6 އިން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އެ ދަތުރު ޓިކެޓް އަގަކީ 995 ޑޮލަރުކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސީޝެލްގެ ޤައުމީ އެއަރލައިން އެއަރ ސީޝެލްސް މެދުވެރިކޮށްކަމަށްވެސް ބުނެފައިވެއެވެ. އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުކުރިނަމަވެސް، ރާއްޖެއިން އެނބުރި އިސްރާއީލަށް ދާނީ ސެޝެލްސްގައި އެއްގަޑިއިރަށް ޓްރާންސިޓްކޮށްފައެވެ. އަދި ރާއްޖެއާއި އިސްރާއީލާ ދެމެދުގެ ދަތުރުގެ ދިގުމިނަކީ 8 ގަޑިއިރާއި 30 މިނެޓްކަމަށްވެސް އެޤައުމުގެ މީޑިއާ ރިޕޯޓްކޮށްފައިވެއެވެ.

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާއިރު، ފަލަސްތީނު މައްސަލާގައި މިސަރުކާރުން ވަނީ އިސްރާއީލާއެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވާކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Abusy
ދޮގެއްމީ.އިސްރާއީލްގެ އެއްވެސް ނިއުސްއެއްގަ މިވަަހަކަ ނެއް