އައްޑޫސިޓީ މަރަދޫގައި ގެއެއްގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް ބަލަން ފަށައިފިއެވެ.
އައްޑޫ މަރަދޫގައި ގެއެއްގައި އަންހެނަކަށް ގެއިން ބޭރަށްނުނިކުމެވޭނެހެން ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން 27 އަހަރުގެ އަންހެނަކު ވަނީ ސޯޝަލް މީޑިއާގއި އެކަން ހިއްސާކޮށްފައވެ. އޭނާ ބުނެފައިވަނީ އެ ވާހަކަތައް ބިރުން ހުރެކަމަށެވެ.
އެގޮތުން އޭނާގެ މައިން ބަފައިންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބެމުން އަންނަތާ އެތައް އަހަރެއްވެފައިވާއިރު، 2016ގައި ފިލައިގެންމާލެ އައިކަމަށެވެ. މާލެ އައީ މިހަކާ އިންނަންކަމަށާއި، ނަމަވެސް އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދިނީ ސީރިޔާއަށް ދާންއުޅޭކަމަށްކަމަށް ބުނެފައިވެއެވެ. އަދި ފެމިލީ ކޯޓުން އަލުން އާއިލާއާއި ހަވާލުކުރިކަމަށާއި، އޭގެ ފަހުން މީހާ އެކަހެރިކޮށްފައި ބަހައްޓާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށްފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ފުލުހުން ބުނީ، އަންހެނަކު ގޭގައި ބަންދުކޮށްގެން އުޅޭކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވާތީ، އެކަން ފުލުހުންނާއި ޖެންޑާ ގުޅިގެން ބަލަމުން އަންނަކަމަށެވެ.
ސޯޝަލް މީޑިއާގައި އޭނާ މިނިވަންކުރުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ