މޮސްޓާ، އަސްލަމަށް: މާލެއަށް ވީމަ މިލިއަން ރުފިޔާ ރާއްޖޭތެރެވީމަ ލައްކަ!

މޮސްޓާ، އަސްލަމަށް: މާލެއަށް ވީމަ މިލިއަން ރުފިޔާ ރާއްޖޭތެރެވީމަ ލައްކަ!

Author
މުޙައްމަދު ޖިމީ
16 ޖޫން 2021 03:39
0

އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ސަރުކާރުން ދޫކުރާ ގެދޮރުވެރިޔާ ލޯނުގެ 7 ލައްކަ ރުފިޔާއިން އެކަށީގެންވާ ފެންވަރެއްގެ ބޯހިޔާވަހިކަމެއް ހޯދޭނެކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވުމާއި ގުޅިގެން ނޮޅިވަރަމް ދައިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ރައްދުދެއްވައިފިއެވެ.

ހައުސިންގ މިނިސްޓަރަށް ރައްދު ދެއްވާ ނޮޅިވަރަމް ދާއިރާގެމެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވަނީ، މާލޭމީހުން ގަނޑުވަރުގަ އުޅެފަ ރާއްޖެތެރެ ވީމަ ފަން ޖިފުޑީގަތޯ އުޅެންވީ ސުވާލުކުރައްވާފައެވެ. މާލޭގެ ރައްޔިތުންނަށް މިލިއަން ރުފިޔާ ލިބޭ ހައުސިންގ ހިންގާއިރު އަތޮޅުތަކުގެ ރައްޔިތުންނަށް ލައްކައިން ދިނުމަކީ އިންސާފުނޫންކަމަށް އޭނާ ވިދާޅުވީ، ނަމަވެސް ޓެކްސް ނެގުމާއި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގަ ރާއްޖޭތެރެއާއި މާލޭގެ ތަފާތު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މާލެއަށް ވީމަ މިލިއަން ރުފިޔާ ރާއްޖޭތެރެވީމަ ލައްކަ… މާލޭމީހުން ގަނޑުވަރުގަ އުޅެފަ ރާއްޖެތެރެ ވީމަ ފަން ޖިފުޑީގަ ބާ އުޅެން ވީ… އެކަމު ޓެކްސް ނެގުމާއި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގަ ރާއްޖޭތެރެވީމަ ނެތް ވަކި ތަފާތެއް.. އެއެއްޗެއް ދޭންވީމަ ވަކި ބަޔަކަށް މޮޅު ގޮތް…

– މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ)

ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ލޯން ސްކީމް ދޫކުރާނީ އަމިއްލަ ގޯއްޗެއްގައި އަލަށް ތަނެއް އިމާރާތް ކުރަން ނުވަތަ ހުރި އިމާރާތް މަރާމާތު ކުރުމަށް ނުވަތަ ނުނިމި ހުރި މަސައްކަތެއް ނިންމުމަށާއި ހުރި އިމާރާތަށް ބައެއް އިތުރު ކުރުމަށެވެ. މި ލޯން ސްކީމްގެ ދަށޫން ގިނަވެގެން 7 ލައްކަ ރުފިޔާއާއި ހަމައަށް ފައިސާ ނެގޭނެއެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ދީފައިވަނީ 15 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތެކެވެ. މި ސްކީމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނީ މަޝްރޫއުގެ ޖުމުލަ އަދަދުގެ 80 ޕަސެންޓަށްވާ ފައިސާ ލިބޭނެއެވެ. ބާލީ 20 ޕަސެންޓް ލޯނު ނަގާ މީހައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.