ޤައުމުގެ ހާލަތު ރަނގަޅުކުރުމަށް ދައްކަންޖެހޭ އަޤަކީ ޤައުމާއި ރައްޔިތުން ކަމުގައި ނުހައްދަވާ: ސައީދު

ޤައުމުގެ ހާލަތު ރަނގަޅުކުރުމަށް ދައްކަންޖެހޭ އަޤަކީ ޤައުމާއި ރައްޔިތުން ކަމުގައި ނުހައްދަވާ: ސައީދު

Author
މުޙައްމަދު ޝަޒައިމް
16 ޖޫން 2021 09:43
0

ޤައުމުހާލަތު ރަނގަޅުކުރުމަށް ދައްކަންޖެހޭ އަޤަކީ ޤައުމާއި ރައްޔިތުން ކަމުގައި ނުހައްދަވުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއަށް ގޮވާލައިފިއެވެ.

އިންޑިއާގެ ދުޝްމަނުން ރާއްޖޭގައި ބާރުގަދަ ވިޔަ ނުދިނުމަށް ޓަކައި، އެ ގައުމުގެ މަސްލަހަތު ރާއްޖޭގައި އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ ދިވެހި ސަރުކާރުގެ މަސްލަހަތަކަށް ވާންޖެހޭނީ އެހެން ޤައުމުތަކުގެ މަސްލަހަތު ހިމާޔަތް ކުރުން ނޫންކަމަށެވެ.

ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެހެން ޤައުމެއްގެ ބާރުގެ ދަށަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެއްލިގެންދާފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށާއި، އަދި ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ދައްކަންޖެހޭ އަގަކީ ޤައުމާއި ރައްޔިތުން ކަމުގައިވާނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ދިވެހި ސަރުކާރު މަސައްކަތް ކުރަންޖެހޭނީ އެހެން ޤައުމެއްގެ މަސްލަހަތު ހިމާޔަތްކުރާކަށްނޫން. ޤައުމުގެ ހާލަތު ރަނގަޅު ކުރުމަށް އުޒުރު ވެރިވާނަމަ އެކަން ޤަބޫލު ކުރައްވާ. އެކަމަށް ދައްކަންޖެހޭ އަޤަކީ ޤައުމާއި ރައްޔިތުން ކަމުގައި ނުހައްދަވާ.

– ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ، އިންޑިއާގެ ސަރުކާރާއި ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އެބައޮތް ކަމަށެވެ. ރާއްޖޭގެ ތަރައްގީ އަށް އިންޑިއާގެ ވަރަށް ބޮޑެތި އެހީތަކެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ގުޅުމަކީ އަޅުވެތިކަމާ އެކުގައި އަންނަ ގުޅުމެއް ނޫން ކަމަށެވެ. އިންޑިއާގެ މަސްލަހަތު ރާއްޖޭގައި އޮތީ އެ ގައުމުގެ ދުޝްމަނުން ރާއްޖޭގައި ބާރުގަދަ ވިޔަ ނުދިނުމަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ މީގެ ކުރިން ވަނީ ހޫނުވެފަ އެވެ. އަދި މި ފަހުން އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާ އަށް ދިނުމާއި، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން އުޅޭތީ އެ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.