ކަރަންޓްގެ މައްސަލައަށް އޮތް ހައްލަކީ ބްރިޖު ހުރަސްކޮށް ކަރަންޓް ގުޅުވާލުމުގެ މަޝްރޫޢު އަވަސްކުރުން: ޑރ.މުޢިއްޒު

ކަރަންޓްގެ މައްސަލައަށް އޮތް ހައްލަކީ ބްރިޖު ހުރަސްކޮށް ކަރަންޓް ގުޅުވާލުމުގެ މަޝްރޫޢު އަވަސްކުރުން: ޑރ.މުޢިއްޒު

Author
މުޙައްމަދު ޖިމީ
23 އޮކްޓޯބަރ 2020 11:01
0

މާލެ ސަރަހައްދުގެ ކަރަންޓްގެ މައްސަލައަށް އޮތް ޙައްލަކީ މީގެ ކުރިން ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމާލުންކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު މާލޭގެ ބޮޑު ސަރަޙައްދަކުން ކަރަންޓް ކެނޑުމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރުކަމަށްވެސް ވާދަކުރައްވާ ޕީޕީއެމްގެ ނާއިބު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގެ ކަރަންޓްގެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ ބްރިޖު ހުރަސްކޮށް މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅުވާލުމަށް މީގެ ތިން އަހަރުކުރިން ފަށާފައިވާ މަޝްރޫޢު އަވަހަށް ނިންމާލުންކަމަށެވެ. އަދި މާލޭ އިންޑަސްޓްރިއަލް ވިލެޖުން 2018 ވަނަ އަހަރު ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމުގައި އިންޖީުގެއެއް ވީހާވެސް އަވަހަށް ޤާއިމްކުރުންކަމަށްވެސް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓް ވިއުގަ ބްރިޖު ހުރަސްކޮށް ގުޅުވާލުމުގެ މަޝްރޫޢުއަކީ ކުރީ ސަރުކާރުގައި ޑރ.މުޢިއްޒު އިސްކޮށް ހުންނަވައިގެން ފަށްޓަވާފައިވާ މަޝްރޫޢު އެކެވެ.

މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މާލެ-ހުޅުލެ-ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތަކީ ގްރޭޓަރ މާލެ ސަރަހައްދުގެ ހަކަތައިގެ ރައްކާތެެރިކަން އިތުރުކުރުމަަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. ފިޔަވަހިތަކަށް ކުރިއަށްގެންދާ މިމަޝްރޫޢުގައި މިހާރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ މާލެ ހުޅުމާލެ އަދި ހުޅުލޭގައި ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.