އަނބިކަނބަލުން ނަސްރީނާގެ ހާލުކޮޅު ރަނގަޅު: ރައީސް މައުމޫން

އަނބިކަނބަލުން ނަސްރީނާގެ ހާލުކޮޅު ރަނގަޅު: ރައީސް މައުމޫން

Author
ޢަލީ އާދަމް
15 ޖޫން 2021 11:10
0

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވީނަމަވެސް އެކަމަނާގެ ހާލުކޮޅު ރަނގަޅުކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ނަސްރީނާގެ ޙާލު ރަނގަޅު ކަމަށާއި ހުރިހާބޭފުޅުންގެ ހެޔޮދުޢާއަށް ޝުކުރުދަންނަވާކަމަށެވެ.

މެޑަމް ނަސްރީނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ، އެގޭގައި ދިރިއުޅުއްވާ އެހެން ބަޔަކު ޕޮޒިޓިވްވުމުން، އެކަމަނާވެސް ކޯވިޑް ޓެސްޓް ހެއްދެވުމުންނެވެ. މެޑަމް ނަސްރީނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރައީސް މައުމޫންވެސް ކޯވިޑަށް ޓެސްޓްކުރައްވާ ވަނީ ނެގެޓިވްވެފައެވެ.

ރައީސް މައުމޫން މީގެ ކުރިން ކޯވިޑަށް ޕޮޒިޓިްވެފައިއެވެ. އެމަނިކުފާނު ޕޮޒިޓިވްވީ މިދިޔަ އަހަރުގެ އޮގަސްޓް 25 ގައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަކުގައި ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު ބަލިން ފަސޭހަފުޅުވީ ސެޕްޓެމްބަރު14ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.