ހަރުމުދާ ބޭރުމީހުންނަށް ވިއްކާފައި ބާކީ ތިބީ ދިވެހި ރައްޔިތުން އެކަނި: ޑރ.ޚަލީލް

ހަރުމުދާ ބޭރުމީހުންނަށް ވިއްކާފައި ބާކީ ތިބީ ދިވެހި ރައްޔިތުން އެކަނި: ޑރ.ޚަލީލް

Author
މުޙައްމަދު ޖިމީ
15 ޖޫން 2021 11:10
0

ރާއްޖޭގެ ހަރުމުދާ ބޭރުމީހުންނަށް ވިއްކާފައި ބާކީ ތިބީ ދިވެހި ރައްޔިތުން އެކަނިކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެއަރޕޯޓްތަކުގެ އެއަރ ޓްރެފިކް ކޮންޓްރޯލާއެކު އެއަރޕޯޓްތަކުގެ 100 އިންސައްތަ ހިއްސާ ބޭރު ފަރާތްތަކަށް ދެވޭގޮތަށް ސަރުކާރުން ގެނައި އިޞްލާހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، ޑރ.ޚަލީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ގައުމުގެ މިނިވަންކަމާ ސިޔާދަތު ހިބަކޮށްދީފިކަމަށާއި، ފިލައިގެން ދިއުމުގެ ކުރިން ރާއްޖޭގެ ހަރުމުދާ ވިއްކަން ސަރުކާރުގެ ވެރިން ފަށާފައިވާކަމަށެވެ. އަދި ބާކީ ތިބީ ރައްޔިތުންކަމަށާއި، ރާވާފަ އޮތީ އާ ވަޒަންވެރިންގެ އަޅުންނަށް ހަދަން ނޫންކަމެއް ވެސް ނޭނގޭކަމަށް ޑރ.ޚަލީލް ވިދާޅުވިއެވެ. ބުއްދިއެއްނެތް ބަޔަކު ވެރިކަމަށް ގެނައުމުގެ ހިތާމަ އިންތިހާއަށް ކުރަންޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ.ޚަލީލް ވަނީ، ރާއްޖޭޣެ ހަރުމުދާ ބޭރު މީހުންނަށް ވިއްކާ ޤައުމުގެ މިނިވަންކަން ނަގާލާ ހިސާބަށް ދިޔުމުންވެސް ނޭނގޭކަމަށް ހަދައިގެން ތިބެވީތޯ ސުވާލުކުރައްވާފައެވެ.

ރާއްޖޭގެ ވައިގެ ބަނދަރުތައް %100ބޭރުގެ ކުންފުނިތަކުން ހިނގޭ ގޮތައް ސަރުކާރުން ނިންމާފައިވާއިރު، ހަނިމާދޫ އެއަރޕޯޓް އިންޑިއާއަށް ހިންގުމަށް ދިނުމަށް ނިންމާފައިވާކަމަށް އަޑުފެތުރިފައިވެއެވެ.

ނަމަވެސް ރާއްޖޭން ބޭރުގެ ކުންފުންޏަކަށް އެއްވެސް އެއާޕޯޓެއްގެ ހިއްސާ ދިނުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.