3 މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމަށް ކުރިއެރުންތަކެއް ލިބޭތަން އެބަފެނޭ: ޑރ.މައުސޫމް

3 މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމަށް ކުރިއެރުންތަކެއް ލިބޭތަން އެބަފެނޭ: ޑރ.މައުސޫމް

Author
މުޙައްމަދު ޖިމީ
23 އޮކްޓޯބަރ 2020 10:41
0

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިތާ ތިން މަސްދުވަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމަށް ކުރިއެރުންތަކެއް އަންނަން ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު ރިސޯޓްތަކާއި ސަފާރީތައްވެސް ފަތުރުވެރިންނަށް ހުޅުވާލިނަމަވެސް ގެސްޓްހައުސްތައް އަލުން ހުޅުވާފައިވަނީ މި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ،

ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޯޑަރުތައް ހުޅުވާލިތާ ތިން މަސް ދުވަސް ފާއިތުވީއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދުވެސް އިތުރުވާން ފަށާފައިވާކަމަށެވެ. މިކަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި، އެވުޒާރާގެ ޓީމާއި، ބޭރު ޤައުމުތަކުގައި ހުންނަ ރާއްޖޭގެ މިޝަންތަކުން ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ދެމުން އަންނަ އެއްބާރުލުމަށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިތާ 3 މަސްދުވަސް ފާއިތުވެގެން މިދިޔައީ. މަޑުމަޑުން އެހެންނަމަވެސް ކުރިއެރުންތަކެއް ހަމަ ޔަޤީނުންވެސް އެބަ ލިބެމުންދޭ.

ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިއަހަރު ރާއްޖެއަށް ފަސްލައްކަ ފަތުރުވެރިން ގެނެވޭނެކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރުގެ ކުރިއަށް އޮތްތަނުގައިވެސް އެއްލައްކަ ފަތުރުވެރިން ގެނެވޭނެކަމަށްވެސް މިނިސްޓަރ ވަނީ ލަފާކުރައްވާފައެވެ.ބޯޑަރު އަލުން ހުޅުވާލިފަހުން ފާއިތުވި 3 މަސްދުވަސްތެރޭ ރާއްޖެއަށް 27217 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ޖުލައިމަހު 1752 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، އޮގަސްޓްމަހު 7628 ފަތުރުވެރިން އަދި ސެޕްޓެމްބަރމަހު 9538 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.