ނަސީމް އައްޔަން ކުރުމާއިއެކު، ރައީސް ނަޝީދުގެ ތަޢުރީފް ރައީސަށް

ނަސީމް އައްޔަން ކުރުމާއިއެކު، ރައީސް ނަޝީދުގެ ތަޢުރީފް ރައީސަށް

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2020 05:14
0

ހެލްތު މިނިސްޓަރަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް އައްޔަން ކުރެއްވުމާއިއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތަޢުރީފް ރައީސް ޞާލިހުއަށް ކުރައްވައިފިއެވެ.

ނަސީމްއަށް ހެލްތު މިނިސްޓަރުގެ މަޤާމުން ހަވާލު ކުރެއްވިތާ އިރުކޮޅެއްތެރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ޞިއްޚީ ދާއިރާއަށް ނުހަނު ބޮޑު ބަދަލެއް ބޭނުންވެފައިވާ މިދަނޑިވަޅުގައި މަޤާމަށް ޤާބިލް ހިންގުންތެރި ތަޖުރިބާ ހުރި ބޭފުޅަކު އައްޔަން ކުރެވިގެން ދިޔަކަމީ ލިބިގެންދިޔަ ވަރަށްބޮޑު ހިންހަމަޖެހުމެއްކަމަށެވެ.

އަދި މިނިންމެވުމަކީ ރައީސް ޞާލިހު ނިންމެވި ވަރަށް ފުރިހަމަ ނިންމެވުމަށްކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ތަޢުރީފް ވަނީ ރައީސް ޞާލިހަށް ތަޢުރީފް ކުރައްވާފައެވެ. ނަސީމް މިމަޤާމަށް އައްޔަން ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީން މިމަޤާމަށް އައްޔަން ކުރުމަށް ތިން ބޭފުޅެއްގެ ނަންވެސް ހުށަހަޅާފައި ވަނިކޮށެވެ.

ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.

އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.