ޔަމީ ގޯތަމް ކައިވެނި ކޮށްފި

ޔަމީ ގޯތަމް ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
06 ޖޫން 2021 02:16
0

އެކްޓަރ ޔަމީ ގޯތަމް އާއި ޑާއިރެކްޓަރ އަދިތްޔާ ދަރް ކައިވެނި ކޮށްފި އެވެ.

މި އުފާވެރި ޚަބަރު ޔަމީ ގޯތަމް ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހުކުރު ދުވަހު ބެލުންތެރިންނާއި ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ކައިވެނީގެ އެކިއެކި ހަފްލާތަކުގެ ތެރެއިން ނަގާފައިވާ ހިތްގައިމު ފޮޓޯތައް ހުކުރު ދުވަހުން ފެށިގެން ބެލުންތެރިންނާ ހިއްސާކޮށްފަވެެ.

 

View this post on Instagram

 

A post shared by Yami Gautam (@yamigautam)

މި އުފާވެރި ޚަބަރު ހިއްސާ ކުރަމުން ޔަމީ ގޯތަމް ބުނެފައިވަނީ އެ ދެމީހުންނަކީ ވެސް ވަރަށް "ޕްރައިވެޓް" ދެމީހުން ކަމަށާއި މި އުފާވެރި މުނާސަބާ ފާހަގަ ކޮށްފައިވަނީ ހަމަ އެކަނި އާއިލާ މެމްބަރުންނާއި އެކުގައި ކަމަށެވެ.

 

View this post on Instagram

 

A post shared by Yami Gautam (@yamigautam)

ކައިވެނީގެ މަޖިލީހުގައި ޔަމީ ފެނިގެން ގޮސްފައިވަނީ މެރޫންކުލައިގެ ސާރީއެއްގައެވެ. މި ސާރީ ވަނީ ރަންކުލައި ޖަރީ ކުރެވިފައެވެ. އަދިތިޔާ ލާފައި ހުރީ ހުދުކުލައިގެ ޝޭރްވާނީއެކެވެ. އަދި މީގެ މަތިން ކްރީމް ކުލައިގެ ޖެކެޓެކެވެ. މި ފޮޓޯއަށް ވަރަށް ގިނަ ބެލުންތެރިންގެ ސަމާލުކަން ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.