ކޯވިޑްގައި އަނެއްކާވެސް ބޮލީވުޑުން މަރެއް!

ކޯވިޑްގައި އަނެއްކާވެސް ބޮލީވުޑުން މަރެއް!

Author
ފާތިމަތު ނާވީ
05 ޖޫން 2021 08:08
0

އަޔުޝްމަން ކުރާނާގެ ފިލްމު "ޑްރީމް ގާރލް"ގެ އިތުރުން ފިލްމު "ހެލޯ ޗާލީ" އިން ބެލުންތެރިންނަށް ފެނިގެން ގޮސްފައިވާ ރިންކޫ ސިންގ ކޯވިޑަށް ފަރުވާކުރަމުންދަނިކޮށް މަރުވެއްޖެ އެވެ.

ރިންކޫ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ މެއީ 25 ގައެވެ. އަދި އޭނާ ވަނީ ގޭގައި ކަރަންޓީނު ވެސް ކުރެވިފައެވެ. އަދި ހުން ރަނގަޅު ނުވުމުގެ ސަބަބުން ފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާދޭން ފެށިއެވެ. ބޮލީވުޑް ލައިފް އާއި ވާހަކަ ދައްކަމުން ރިންކޫގެ ދެބެންގެ ދެދަރި ޗަންދާސިންގ ވަނީ މިިކަން ކަށަވަރު ކޮށްދީފައިއެވެ.

35 އަހަރުގެ މި އެކްޓަރ އަކީ އެސްތުމާގެ އުނދަގޫ ހުންނަ މީހެކެވެ. އޭނާގެ ހާލަތު ގޯސްވެ އޮކްސިޖަން ލެވެލް ދައްވެ ދުނިޔެ ދޫކުރީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާ ހުރީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްވެސް މޭ މަހުގެ 7 ވަނަ ދުވަހު ޖަހާފައެވެ.

ފިލްމުތަކުގެ އިތުރުން ރިންކޫ ވަނީ ޓީވީ ޝޯތަކުން ވެސް ފެނިގެން ގޮސްފައިއެވެެ. އެގޮތުން "ޗިޅިޔާގަރް" އަދި "މެރީ ހާނީކާރަކް ބީވީ" ހިމެނެއެވެ. މިދިޔަ އަހަރު ރިންކީ ވަނީ މެޑިކަލް ޑްރާމާ ސީރީސް "ދަޅްކަން" އިން ފެނިގެން ގޮސްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.