މާލޭގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުތައް ފިޔަވައި ހުރިހާ ތަނަކަށް ހުއްދައަކާއި ނުލައި އެއްވެވޭގޮތަށް، އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައިވަނީ އެއްވެއުޅުުގެ ޤާނޫނަށް ރައީސް ޔަމީންގެ ސަރުކާރުން ގެެނެސްފައިވާ އިސްލާހުގެ ސަބަބުން ޤާނޫނު އަސާސީއާއި ތަޢާރަޒުވާކަމަށް މެމްބަރުންވަނީ ވިދާޅުވެފައެވެ.
އެއްވެ އުޅުމާއި ޚިޔާލް ފާޅުކުރުމަކީ ޤާނޫނު އަސާސީން ކަށައަވަރުކޮށްދޭ ހައްޤަކަށްވާއިރު، މިހައްގުހަނިވާގޮތަށް ބަދަލު ގަނައުމަކީ އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ ކަމެއްނޫންކަމަަށް ކޮމިޓީގެ ބައެއްމެމްބަރުން ފާހަގަކޮށްފައިވެއެވެ. ހުއްދަ ނުނަގައި އެއްވާން ހުރަސްއަޅަން ގެނައި އިސްލާހު، އެއްވެ އުޅުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ޅ. އުވާލަން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ހުށަހެޅުއްވި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ. އެއާއެކު، ހުއްދަ ނަގައިގެން މުޒާހަރާކުރަން އޮތް ހުރަސް ނެތުނީ ކަމަށް ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.
ފުލުހުން ލިޔުމުން ދޭ ހުއްދަ ފިޔަވާ މާލޭގައި އެއްވުންތައް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައަޅާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުންނެވެ. މިއީ އޭރު ޕީޕީއެމްގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހު ފާސްވީ ޔާމީން ސަރުކާރަށް ތާއީދު ކުރި މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.
ކޮމެންޓު ފޮނުވާ