އެހެން ފިރިހެނުން "ފްލާޓް" ކުރިޔަސް މަނެކް ރުޅިއެއް ނާދޭ: ޕޫޖާ ބޭދީ

އެހެން ފިރިހެނުން "ފްލާޓް" ކުރިޔަސް މަނެކް ރުޅިއެއް ނާދޭ: ޕޫޖާ ބޭދީ

Author
ފާތިމަތު ނާވީ
08 ޖޫން 2021 10:26
0

ޕޫޖާ ބޭދީ އަދި މަނެކް ކޮންޓްރެކްޓާ އެންގޭޖް ވެފައިވަނީ 2019 ވަނަ އަހަރުއެވެ. އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޕޫޖާ ބުނެފައިވަނީ އޭނާގެ ދިރިއުޅުމުގެ ތަންކޮޅެއް ކުރިން މަނެކްއާ ދިމާވިނަމަ އެދެމީހުން އެކުގައި ނޫޅޭނެ ކަމަށެވެ.

އަދި އޭނާވަނީ އެހެން ފިރިހެނުން އޭނާއާ "ފްލާޓް" ކުރިޔަސް މަނެކްގެ ކޮންފިޑެންސްއަށް އެއްވެސް ބަދަލެއް ނާންނަކަމަކީ، އޭނާ ފަޚުރުވެރިވާ ކަމެއް ކަމަށް ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ޕޫޖަ ބުނެފައިވަނީ މަނެކް އަކީ ވަރަށް ހިތްހެޔޮ އަދި "އޯޕެން" ހިތެއްގެ ވެރިއެއް ކަމަށެވެ.

 

View this post on Instagram

 

A post shared by POOJA BEDI (@poojabediofficial)

އެނާ ބުނެފައިވަބީ އެދެމީހުން ރައްޓެހިވެގެން އުުޅުުނު އިރު ޕާޓީތަކަށް ގޮސް އުޅޭއިރު އެހެން ފިރިހެނުން ފްލާޓްކޮށް ހެދުމުން އެކަމާއި ހިތްހަމަ ނުޖެހޭތޯ މަނެކްއާ ސުވާލު ކުރި ކަމަށެވެ. މި ސުވާލުގެ ޖަވާބުގައި މަނެކް ބުނެފައިވަނީ ނޫނެކޭ ކަމަށް ޕޫޖާ ބުންޏެވެ.

މީގެ އިތުރުން މަނެކް ބުނެފައިވާ ގޮތުގައި މުހިއްމީ ޕޫޖާ އޭނާއާ އެކުގައި އުޅުމެވެ. އެހެންމީހުންނަށް އެނާ އެހާ ބޮޑު އިސްކަމެއް ނުދޭކަމަށެވެ.

 

View this post on Instagram

 

A post shared by POOJA BEDI (@poojabediofficial)

ޕޫޖާ އެންމެ ފުރަތަމަ މަނެކްއާ ދިމާވީ ދަ ލޯރެންސް ސުކޫލުން ނެވެ. އޭރު މަނެކް އުޅުނީ އޭނާގެ ސީނިޔާ އަހަރުގައެެވެ. އަދި ވާހަކަ ދައްކާފައިވަނީ ވަޓްސްއެޕްގައެވެ. މި ދެމީހުން އަހަރުތަކެއް ފަހުން އެންގޭޖްވީ 2019 ވަނަ އަހަރު އެވެ. މަނެކް  ޕޮރޮޕޯސްކުރީ ހޮޓް އެއާ ބެލޫން އެއްގެ ތެރޭގައިއެވެ. އަދި އެދުވަހު އެކުގައި އަބަދު ވެސް އުޅުމަށް ވައުދު ވިކަމަށް ވެސް ޕޫޖާ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މެނިކޮއި
ތި ސޮރު ހަމަ ތޯ ބަލާބަލަ .