ކޭޓް އާއި ކާތިކް، ކަމުދަނީ ކާކު؟

ކޭޓް އާއި ކާތިކް، ކަމުދަނީ ކާކު؟

Author
ފާތިމަތު ނާވީ
30 މެއި 2021 12:28
0

ފިލްމު ޓައިޓޭނިކުން އަހަރުމެންނަށް ފެނިގެންދިޔަ ރޯސްގެ ކުރެހުމަކީ ގިނަ ބެލުންތެރިންގެ މެދުގައި މަޝްހޫރު ވެގެންދިޔަ ކުރެހުމެކެވެ. މި ކުރެހުމުން ފެނިގެންދަނީ ކޭޓް ވިންސްލެޓް އެވެ. ބޮލީވުޑްގެ ފިލްމީ ތަރި ކާތިކް އާރިޔަން ވަނި ހަމަ މިގޮތަށް ފޮޓޯއެއް ނަގާފައެވެ.

މި ފޮޓޯ އިންސްޓްގްރާމުގައި ހިއްސާކުރަމުން ކާތިކް ބުނެފައިވަނީ "ކާތިކް އާރިޔަން 1 – 0 ކޭޓް ވިންސްލެޓް"އެވެ. މި ފޮޓޯއަށް ވަރަށް ގިނަ އަދަދެއްގެ ފޭނުންނާއި ފަންނާނުން ވަނީ ކޮމެންޓުކޮށްފަ އެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާތިކް ދަނީ އޭނާގެ ކުރީގެ ފޮޓޯތައް ބެލުންތެރިންނާއި ހިއްސާކުރަމުންނެވެ. އެގޮތުން މެއި މަހުގައި އޭނާ ވަނީ މާސްކު އެޅުމުގެ މުހިއްމުކަން ބުނެދޭން އޭނާ ހިއްސާ ކުރި ފޮޓޯ އަލުން ހިއްސާކޮށްފަ އެވެ.

ކާތިކް ދަނީ ބެލުންތެރިންނަށް ކޯވިޑް- 19 އިން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ގޮވާލަމުންނެވެ.

އޭނާގެ ބައެއް ފިލްމުތައް ވެސް ކޯވިޑްގެ ސަބަބުން ވަނީ މަޑު ޖެހިލައިފައިއެެވެ. އެގޮތުން "ދަމާކާ" އަދި "ބޫލް ބުލައްޔާ2″ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.