މާލޭ ސަރަޙައްދުގެ މިސްކިތްތައް ބަންދުކޮށްފި

މާލޭ ސަރަޙައްދުގެ މިސްކިތްތައް ބަންދުކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 މެއި 2021 09:12
0

ރޭގެ ފަތިސް ނަމާދުން ފެށިގެން ގްރޭޓަރ މާލޭ ސަރަޙައްދުގެ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ބަންދުކޮށްފިއެވެ.

ކޯވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މި ބަލިމަޑުކަން ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމަޢާތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލޭ ސަރަޙައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމީ، މިމަހުގެ 19 ވަނަ ދުވަހުގެ އެ މިނިސްޓްރީން އެންގި އެންގުމާ ޚިލާފަށް، ބައެއް ފަރާތްތަކުން އެ އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި ޖަމާޢަތް ހަދަމުންދާތީއާއި، ކޯވިޑް-19ގެ ޙާލަތު މާލޭގައި ފެތުރުން އަދިވެސް ކޮންޓްރޯލްނުކުރެވޭތީކަމަށެވެ. އަދި މިމަހުގެ 26 އިން ފެށިގެން ހުއްދައާއި ނުލާ އާއްމުން ބޭރަށް ނުކުމެއުޅުން މަނާކޮށްފައިވާތީކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ދަނޑިވަޅުގައި މިސްކިތަށް ވަޑައިނުގެންނެވުނު ކަމުގައިވިޔަސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަޞޭހަތްތެރިވެފައެވެ. އަދި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތްކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށްވެސް ހުރިހާ ރައްޔިތުންނަށް އެ މިނިސްޓްރީން ވަނީ ނަޞޭހަތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންޕަ
މި އޭ ނުވެގެން ތެޅި މަރުވިކަމަކީ، ބަލަ މަގުމަތި ބަލަހައްޓާ ގޮތައް މިސްކިތް ބަލަހައްޓައިގެން ވެސް މިސްކިތުގެ ޖަމާއަތް ކުރިއައް ގެނދެވޭނެ، މިހާރު އެއްކޮއް މިސްކިތް މި ބަންދުކޮއްލީ
ނ ނިއްކޮ ލަންކާ
ތިދެން ކޮވިޑު ފެތުރުން ހުއްޓުނީ. ރާއްޖެގައު ހަމައެކަނި ކޮވިޑު ފެތުރޭ ތަނަކީ މީ