ތ. ތިމަރަފުށީ ގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށުމުން އެދާރާއިގެ މެމްބަރުގެ ޝުކުރު ސަރުކާރާއި، ބީއެމްއެލްއަށް ދަންނަވައިފިއެވެ.
ބީއެމްއެލްއިން ތ.ތިމަރަފުށީގައި ޤާއިމްކޮށް ޙިދުމަތް ދޭނެފެށި ސެންޓަރާއި ގުޅިގެން މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއީ ދާއިރާގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ލުޔެއްކަމަށެވެ. އަދި މިފުރުސަތު ތަނަވަސްކޮށްދެއްވައި ބޭންކުގެ ހިދުމަތް ތިމަރަފުށީގައި ލިބޭނެ އިންތިޒާމް ހަމަޖެއްސެވި ކަމަށްޓަކައި ރިޔާޒްވަނީ ސަރުކާރަށާއި، ބީއެމްއެލްއަށް ޝުކުރު އަދާކުރައްވާފައެވެ.
ތިމަރަފުށީ ރައްޔިތުންގެ ގިނަދުވަސްވީ އުއްމީދެއް ހަޤީގަތަކަށް ހައްދަވާ ދެއްވީތީވެ ބޭންކުގެ މެނޭޖްމަންޓަށާއި ސަރުކާރަށް އިޚުލާސްތެރި ޝުކުރު ދަންނަވަން. @bankofmaldives @ibusolih @iameeru https://t.co/GEsHVNGbuH
— Abdulla Riyaz MP (@riyazabdulla) October 21, 2020
މި ހިދުމަތާއެކު ތ. އަތޮޅުގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ތިން ރަށަކުން ލިބޭނެއެވެ. އަދި ބޭންކުން އަންނަނީ ގުރައިދޫ އާއި ވޭމަންޑޫގައިވެސް އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ބީއެމްއެލްއިން ބުނީ މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އެ ބެންކުގެ ޙިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަމަށެވެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން މިހާރުދަނީ 61 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 124 އޭޓީއެމް ސެންޓަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ