ޝްރެއާ ވިހައިފި، ފިރިހެން ދަރިއެއް!

ޝްރެއާ ވިހައިފި، ފިރިހެން ދަރިއެއް!

Author
ޢަލީ އާދަމް
23 މެއި 2021 05:07
0

ބޮލީވުޑުގެ ކުޅަދާނަ ލަވަކިއުންތެރިޔާ ޝްރެޔާ ގޯޝަލް އޭނާގެ އަލަތު ދަރިފުޅު ވިހައިފި އެވެ.

އިންސްޓަގްރާމްގައި ޝްރެއާ އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އަލަތު ދަރިފުޅު އިއްޔެ ވިހާފައި ވާކަމަށާއި އެއީ ފިރިހެން ކުއްޖެއް ކަމަށެވެ. ޝްރެއާ ބުނީ ދަރިއަކު ލިބުނު ވަގުތަކީ މީގެ ކުރިން ދުވަހަކުވެސް ނުވާފަދަ އިހުސާސްތަކެއް ކުރުވި ވަގުތެއް ކަމަށެވެ. އަދި އޭނާ އާއި ފިރިމީހާ ޝިލަދިތިޔާގެ އިތުރުން އާއިލާ އެންމެންވެސްތިބީ ވަރަށް އުފަލުން ކަމަށް ޝްރެއާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by shreyaghoshal (@shreyaghoshal)

ޝްރެެއާ ވިހޭކަން ހާމަކުރުމާއެކު ގިނަ ބަޔަކު ގެންދަނީ އޭނާއަށް މަރުހަބާކިޔައި އެކިއެކި މެސެޖްތައް ފޮނުވަމުންނެވެ. އޭގެ ތެރޭގައި މައްޝޫރު އެތަކެއް ފަންނާނުނެއްވެސް ހިމެނެއެވެ.

ޝްރެއާ މަންމަ އަކަށް ވެފައި ވަނީ ޝިލަދިތިޔާއާ ކައިވެނި ކުރިތާ 6 އަހަރު ފަހުންނެވެ. އެގޮތުން އޭނާ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފައިވަނީ މާރިޗު 4 ވަނަ ދުވަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.