މަރަކަށްފަހު މަރެއް، މުޅިގައުމު ރޮއި އާދޭސްކުރަނީ، މަސްއޫލިއްތާ ހަވާލުވެ ތިއްބެވި ވަޒީރުން ކޮބާ!

މަރަކަށްފަހު މަރެއް، މުޅިގައުމު ރޮއި އާދޭސްކުރަނީ، މަސްއޫލިއްތާ ހަވާލުވެ ތިއްބެވި ވަޒީރުން ކޮބާ!

ގުޅުންހުރި

ކޯވިޑް-19ގެ ބަލިމަޑުކަމުގައި ދިވެހި ރާއްޖެ މިއަދު ދެކެމުންދާ އަނރިދި ދުވަސްތަކަކީ ފާއިތުވެދިޔަ ދިގު މާޒީގައިވެސް ދިވެހިން ނުދެކޭފަދަ ބިރުވެރި، ހިތްދަތި ދުވަސްތަކެކެވެ. ދިވެހި އެތައް އާއިލާއަށް ކޯވިޑްގެ ނުރައްކާތެރިކަން ތަޖުރިބާ ކުރަންޖެހިފައިވާއިރު، ބަލީގެ ނުރައްކާބޮޑެވެ އެތައްބަޔަކު ދަނީ ދުނިޔެ ދޫކުރަމުންނެވެ. ކޯވިޑުގެ ބަލިމަޑުކަމަށް ރާއްޖޭގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިއަދު ރާއްޖެ މިދެކޭ ހާލަތަކަށް ދިޔައީ ސަރުކާރުގެ އިހުމާލުވުން ބޮޑުވެންކަމަށް ގިނަ ބަޔަކުދެކެއެވެ.

ރާއްޖެއިން ކޯވިޑްގެ އެންމެ ފުރަތަމަ މަރާއިއެކު ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނާއިއެކުގައި ހުންނެވިކަން ހާމަކޮށްދެއްވައި ޤައުމާއި މުޚާތަބް ކުރައްވައި އެމަނިކުފާނަށްވެސް ވަނީ ކީރިތި ކުރެއްވިފައެވެ. މުޅި ސަރުކާރުގެ ހުރިހާ ވަޒީރުންނާއި، މުޅި ރާއްޖެއެކީ ބަލިމަޑުކަމުން އަރައިމަގަތުމަށް އެދުވަހު ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެގެ އަހަރެއްފަހުން ދިވެހިން ކޯވިޑްގެ އެންމެ ނުރައްކާތެރި ރާޅާއި ކުރިމަތިލާފައިވާއިރު، ސަރުކާރުގެ ވެރިއެއް، ކަމާއި ގުޅުންހުރި ވަޒީރެއް އަދި ހުދު ރައީސުލްޖުމްހޫރިއްޔާވެސް ހުންނެވިތަނެއްވެސް އަދި ހުންނެވި ކަމެއްވެސް ނޭގެއެވެ.

މިމަހަށް އެކަނި ބަލައިފި ކަމުގައި ވީނަމެސް ކޯވިޑްގައި ދުނިޔެ ދޫކުރި މީހުންގެ އަދަދުވަނީ 50 މައްޗަށް އަރާފައެވެ. އަދި މިހާތަނަށް ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު އުޅެނީ 120 އަށްވުރެ މަތީގައެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 15،00 އިން މަތީގައެވެ. އެދުތައްފުރި، މަރުވާ މީހުން ވަޅުލާން އޮތް ސަހަރާވެސް ދަނީ ފުރެމުންނެވެ. ޑޮކްޓަރުންނާއި، ނަރުހުން ވަރުބަލިވެ، ފަރުވާދޭނެ އަތްތައްވަނީ މަދުވެފައެވެ. އެދުތައްފުރި، އެތައްބަޔަކަށް އެކަށިގެންވާ ފަރުވާނުދެވޭ ހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ.

ކޯވިޑްގެ އެންމެ ނުރައްކާތެރި ރަޅާއި ދިވެހިން ކުރިމަތިލައި އެތައްބަޔަކު މަރުވެ އެތައް އާއިލާއެއް ހިތާމާގައި ހިތްދަތި އިހުސާސް ކުރަމުންދާއިރު، ކަމާއިބެހޭ ފަރާތްތަކަށް އަޑުއަހަން ރައްޔިތުން އިންތިޙާބުކުރި ސަރުކާރެއް އޮތްކަމުގެ އިހުސާސްވެސް މިއަދު ނުކުރެވޭކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މިހިސާބަށްދާއިރު، ހެލްތު މިނިސްޓަރވެސް އަދި ރައީސުލްޖުމްހޫރިއްޔާވެސް ޤައުމާއި މުޙާތަބް ކުރައްވައި ޤައުމުގެ ހާލަތު ވަޒަން ކުރުމަކީ ކުރަންޖެހޭކަމެއްކަމަސް ގިނަބަޔަކު ދެކެއެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ސަރުކާރުގެ ތަރުޖާމުގެ ޖަވާބުތަކުން ރައްޔިތުންނަށް ދެހިގެންދިތަ މެސެޖަކީ ސަރުކާރަށް ކޯވިޑް މެނޭޖް ނުކުރެވިގެން ނޫޅެވޭކަމެވެ. ކޯވިޑް މެނޭޖް ނުކުރެވި ބޭރުގެ އެހީއަށް އެދެންޖެހޭ ވަގުތު ނާންނަކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ކޯވިޑްގެ ކޮންޓްރޯލް ގެއްލިގެން ބޭރުގެ އެހީއަށް އެދިފައިނުވާނެ: ސަރުކާރު

މިހާލަތުގައި އެތައް ރައްޔިތުން ސަރުކާރަށް ގިނަ ސުވާލުތަކެއް ދަނީ ކުރިމަތި ކުރަމުންވެ. ޚާއްސަކޮށް، ކޯވިޑްގެ މިވީ އެއްއަހަރުގައި ޤައުމަށް ލިބުނުހާ ފައިސާއިން ޞިއްޚީ ވަސީލަތް ގާއިމް ކުރުމަށް ކުރީ ހޭދައެއްތޯ އެތައްބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. ޞިއްޚީ ނިޒާމު މިއަދު ބޮއްސުންލައި، ފަރުވާދެވޭނެ ވަސީލަތްނެތި، އެންމެ ފަހުން ވެކްސިނަށްވެސް މިވަނީ ޖެހިފައެވެ. ކޯވިޑް ފިޔަވައި އެހެން ބަލިތަކަށް ފަރުވާދެވޭނެ ގޮތް ހުސްވެ، އެހެން ބަލިތަކުގެ ފަރުވާވެސް ހުއްޓުމަކަށް އަންނަ މަންޒަރު މިދަނީ ފެންނަމުންނެވެ.

ހާލަތު ވަރަށް ގޯސް! މިދުވަސް އަތުވެދާނެ ކަމަށް ހިތަށްވެސް އެރިތަ؟

މިފަދަ ކަންކަމުގައި ސަރުކާރުގެ އިހުލާސްތެރި ނިޔަތާއި، ސަރުކާރުގެ ޕްލެއިން ހާމަކުރަންޖެހޭކަމަށް ގިނަބަޔަކު ދެކެއެވެ. ކޮންމެ ރެޔަކު ތަރުޖަމާނު އަރާ ދައްކާވާހައަކީ އުންމީދެއްނެތް، ހުސްވާހަތަކަކަށް ވުމަކީ ރައްޔިތުން އަޑުއަހަން ބޭނުންނުވާ ވަހާކަތަކެއްކަމަށް އެތައްބަޔަކު ދަނީ ބުނަމުންނެވެ. ހެލްތު މިނިސްޓަރާއި، ޤައުމުގެ ނާއިބް ރައީސާއި، ރައީސުލްޖުމްހޫރިއްޔާ މިކަންކަމަށް ރައްޔިތުންނަށް ޖަވާބު ދާރީވާންޖެހޭކަމަށް އެތައްބަޔަކު ދަނީ ބުނަމުންނެވެ.

ޤައުމުގެ ހާލަތު މިހާ ސީރިއަސް ހާލަތެއްގައި އޮތްއިރު، ދައުލަތުގެ މުއައްސަސާތަކުންވެސް ފެނިގެންދަނީ މުޅިން އެހެން މެންޒަރެކެވެ. ކޯވިޑަށް ދޭންޖެހޭ ސަމާލުކަން މުޅިން އެހެން ދިމާލާކަށް ހުއްޓިފައިވާ މަންޒަރެވެ. ރައްޔިތުން އިންތިޚާބްކުރި ރައްޔިތުންގެ މަޖިލިސް ތެރެއިންވެސް މިކަމުގެ އެއްވެސް ކަންބޮޑުވުމެއްނެތެވެ. ކޯވިށްގެ ހާލަތު މިދަރަޖައަށް ގޮސްފައިވާއިރު، މިއަދު ގިނަ ބަޔަކު ދެކެނީ ސަރުކާރުން ވާނެ އެއްޗެއް ވާން ދޫކޮށްލައިގެން ތިބީކަމަށެވެ. އެތައްބަޔަކު ފަރުވާއަށް އެދި އާދޭސް ކުރަމުންދާއިރު، މިކަމުގައު ސަރުކާރަށް ދިއްކޮށްލެވޭނެ އަތެއް ނެތްތަން މިދަނީ ފެންނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރަނގަޅު ކެޔޮޅަކުނެތި ފުރާއިގެންގޮސް މަހެއްވެސް ނުބޭނޭނެ!

Leave a Reply

Your email address will not be published. Required fields are marked *