ލޮކްޑައުންގައި މިލިންދް ބަދަލުވީ ދަނޑުވެރިއަކަށް!

ލޮކްޑައުންގައި މިލިންދް ބަދަލުވީ ދަނޑުވެރިއަކަށް!

Author
ފާތިމަތު ނާވީ
21 މެއި 2021 02:06
0

ކޯވިޑްގެ ޕެންޑަމިކްގެ ތެރޭގައި އެކިއެކި ފަރާތްތަކުން ދަނީ ގޭގައި ތަފާތު މަސައްކަތް ކުރަމުންނެވެ. އެގޮތުން ބޮލީވުޑް އެކްޓަރ އަދި މޮޑެލް މިލިންދް ސޯމާން ކުރަނީ ދަނޑުވެރިކަމެވެ.

އެގޮތުން އޭނާގެ ބަގީޗާގައި އޭނާވަނީ ތަފާތު ވައްތަރުގެ ތަރުކާރީ ހައްދާފަ އެވެ. އަދި އޭނާ ވަނީ މި ތަކެތީގެ ފޮޓޯ އަދި ވީޑިއޯ އޭނާގެ އިންސްޓްގްރާމުގައި ހިއްސާކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Ankita Konwar (@ankita_earthy)

އެންމެ ފަހުން އޭނާ ހިއްސާކޮށްފައިވަނީ ބަރަބޮލެއްގެ ފޮޓޯއެކެވެ. އޭނާގެ އަންހެނުން އަންކިތާ ކޮންވާރް އާއި އެކުގައި ބަރަބޯ ހިފައިގެން ހުރި ފޮޓޯ އެއް ހިއްސާކުރަމުން މިލިންދް ވަނީ ބެލުންތެރިން ކައިރީ ބަރަބޮލުގެ ރެސިޕީތަކަށް އެދިފަ އެވެ.

އޭނާގެ މި ޕޯސްޓަށް ވަރަށް ގިނަ ބެލުންތެރިންވަނީ ބަރަބޯ ރެސިޕީއާއި އެކުގައި ކޮމެންޓު ކޮށްފައެވެ. އޭނާގެ ބަގީޗާގައި ގެންދަނީ، ޓޮމާޓޯ، ބަށި، މިރުސް، ބީންސް، ކެބެޖު، ކޯލީފްލާވާ، އަދި ބަރަބޯ ހައްދަމުންނެވެ.

 

View this post on Instagram

 

A post shared by Milind Usha Soman (@milindrunning)

މިލިންދް ވަނީ މީގެ ކުރިން ކޯވިޑަށް ޕޮޒިޓިވްވެ ރަނގަޅުވެފަ އެވެ. މިލިންދުގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ލޮކްޑައުންގައި ގޭދޮށުގައި ތަފާތު އެކިވައްތަރުގެ ދަޑުވެރިކަންކޮށްފަ އެވެ. އޭގެތެރޭގައި ޝިލްޕާ ޝެއްޓީ، ޕްރިތީ ޒިންތާ ފަދަ ތަރިން ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.