ކުޅެން ބޭނުމީ 50 އަހަރު ފަހުން ބަލާއިރުވެސް ފަހުރުވެރިވާފަދަ ފިލްމު: ރާޖް

ކުޅެން ބޭނުމީ 50 އަހަރު ފަހުން ބަލާއިރުވެސް ފަހުރުވެރިވާފަދަ ފިލްމު: ރާޖް

11 އަހަރުގެ ބޮލީވުޑް ކެރިއާގައި ރާޖްކުމާރް ރާއޯ ވަނީ ތަފާތު އެކިއެކި ރޯލުތަކުން ފެނިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި "ކައި ޕޯ ޗޭ"، "ޝާހިދް"، "އަލީގަރް"، "ސިޓީލައިޓްސް"، "ބަރޭލީކީ ބަރްފީ"، "ނިއުޓަން"، "ސްތިރީ" އަދި "ދަ ވައިޓް ޓައިގަރ" ހިމެނެއެވެ.

އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރާޖްކުމާރް ބުނެފައިވަނީ  ބައެއް ފިލްމުތަކަކީ ހަމަ އެކަނި ބޮކްސް އޮފީސްއަށް ޚާއްސަ ފިލްމުތައް ކަމަށެވެ. އަދި ހަމަ އެހެންމެ އަނެއްބައި ފިލްމުތަކަކީ އޭގެ އަސަރު މުޅި ދިރިއުޅުމަށް ވެސް ކުރާކަހަލަ ފިލްމުތައް ކަމަށްވެސް ރާޖްކުމާރް ވަނީ ބުނެފައެވެ. މިސާލެއްގެ ގޮތުން އޭނާ ނަގާފައިވަނީ ފިލްމު "ސްތިރީ" އެވެ.

"އަހަރެން ބޭނުންވަނީ ރަނގަޅު ފިލްމު ކުޅެން. އަހަރެންގެ ފިލްމުތައް ހުންނަން ބޭނުންވަނީ މީގެ 50 އަހަރު ފަހުން ވެސް ބަލާލާއިރު އަހަރެން ފަހުރުވެރިވާނެ ފަަދަ ގޮތަކަށް. އަހަރެން ކުޅެފައިވާ ހުރިހާ ފިލްމަކީ ވެސް ވަރަށް ޚާއްސަ ފިލްމުތަކެއް" ރާޖްކުމާރް ވަނީ ބުނެފަ އެވެ.

 

View this post on Instagram

 

A post shared by RajKummar Rao (@rajkummar_rao)

36 އަހަރުގެ ފިލްމީ ތަރި އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ބިރުވެރި ފިލްމު "ރޫހީ" އިންނެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ "ހަމް ދޯ ހަމަރޭ ދޯ" އިންނެވެ. އޭނާ އުއްމީދު ކުރަނީ ކޮންމެ އަހަރަކުވެސް ރަނގަޅު ފިލްމު ތަކެއް ކުޅެން ލިބި، ބެލުންތެރިންނާ ހަމަށް ގެނެސްދިނުން ކަމަށް ރާޖް ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *