ލޯބިން އެކުއުޅުމުގެ ސިއްރު ރަވީ ކިޔާދީފި

ލޯބިން އެކުއުޅުމުގެ ސިއްރު ރަވީ ކިޔާދީފި

Author
ފާތިމަތު ނާވީ
15 މެއި 2021 07:12
0

ރަވީ ދުބޭ އަދި ސަރްގުން މެހްތާ އަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މަޝްހޫރު ޖޯޑެކެވެ. މި ދެމަފިރިން އަަބަދު ވެސް އެކުގައި ނަގާފައި ހުންނަ ފޮޓޯ އަދި ވީޑިއޯ ބެލުންތެރިންނާއި ހިއްސާ ކުރެއެވެ.

މިފަދަ ޕޯސްޓުތަކަށް ވަރަށް ގިނަ ބެލުންތެރިންގެ ބޮޑު ސަމާލުކަމެއްވެސް ލިބެއެވެ. މީގެ އިތުރުން މި ދެ ފަންނާނުންގެ މަސައްކަތަކީ ވެސް ބެލުންތެރިންގެ ބަލައިގެންފައިވާ މަސައްކަތްތަކެކެވެ.

މި ދެ ފަންނާނުން އެކަކު އަނެކަކުދެކެވާ ލޯބި ފާޅު ކުރުމުގައި އެއްވެސް ގޮތަކަށް ފަސް ނުޖެހެ އެވެ.

 

View this post on Instagram

 

A post shared by Ravi Dubey 1 (@ravidubey2312)

ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރަވީ ދުބޭ އޭނާގެ އުފާވެރި ލޯބީގެ ގުޅުމުގެ ސިއްރު ވަނީ ހިއްސާ ކޮށްފަ އެވެ. އޭނާ ބުނެފައިވަނީ  އެދެމީހުން އަބަދު ވެސް މަސައްކަތް ކުރަނީ ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ދެމީހުން އެކަކު އަނެކެއްގެ ލޮލަށް ބެލުމުގު ބަދަލުގައި ކުރިމަތިން ފެންނަން އޮންނަ މަންޒިލަށް ނަޒަރު ހިންގާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މިއީ މި ދެލޯބިވެރިން ވަރަށް ގިނަ އިން ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ބުނުމެކެވެ.

"އަހަރެންނާއި ޝަގުން ދެކޭ ގޮތުގައި ދިރިއުޅުމުގެ މި ދަތުރުގައި 'ފެންޓާސްޓިކް' ބައިވެރިއެއް ހުރުމަކީ ވަރަށް މުހިއްމު ކަމެއް. އަދި ދެމީހުންގެ މެދުގައި ލޯބި އާލާ ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް"

– ރަވީ ދުބޭ

 

View this post on Instagram

 

A post shared by Ravi Dubey 1 (@ravidubey2312)

ރަވީ މިވަގުތު ހުރީ ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީނުގަ އެވެ. އަދި އޭނާ ވަނީ މިކަން އިންސްޓްގްރާމް މެދުވެރިކޮށް ބެލުންތެރިންނާއި ހިއްސާ ކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.