ކަރަން އާއި ނިޝާ 10 އަހަރު އެކު އުޅުމަށް ފަހު ވަކިވަނީ؟

ކަރަން އާއި ނިޝާ 10 އަހަރު އެކު އުޅުމަށް ފަހު ވަކިވަނީ؟

މަޝްހޫރު ޓީވީ ތަރި ކަރަން މެހްރާ އާއި އޭނާގެ އަންހެނުން ނިޝާ ރަވާލްގެ ކައިވެންޏަށް 8 އަހަރު ވެފައި ވާއިރު މިދެތަރިން އެކުގައި އުޅޭތާ 10 އަހަރަށްވުރެ ވަނީ ގިނަވެފައެވެ. އެހެންނަމަވެސް މީޑިއާގެ ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެމަފިރިންގެ ދެމުދުގައި ބައެއް މައްސަލަތައް އުފެދިފިގެން އުޅޭތާ މިހާރު ދެތިން މަސް ވެދާނެއެވެ.

ކަރަން މިވަގުތު ހުރީ ޝޫޓިންއެއްގައި ޕަންޖާބުގައެވެ. އަދި އޭނާގެ އަންހެނުންނާއި ހަތަރު އަހަރުގެ ދަރިފުޅު ކަވިޝް ތިބީ މުމްބާއީގަ އެވެ. މި ދެމަފިރިން 2012 ގައި ކައިވެނިކުރި ނަމަވެސް އޭގެ ކުރިންވެސް މި ދެމީހުން އުޅުނީ ރައްޓެހިވެގެނެވެ.

ބައެއް ރިޕޯޓުތަކުގައި ވާގޮތުން މި ދެމަފިރިން އަންނަނީ ޖެހިފައިވާ މައްސަލަތަައް ހައްުލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ޚަބަރާއި ގުޅިގެން ސުވާލު ކުރުމުން ކަރަން އެއްވެސް ޖަވާބެއް ދީފައިނުވާއިރު ނިޝާ ވަނީ މި ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމަށް ބުނެފައެވެ.

 

View this post on Instagram

 

A post shared by Karan Mehra (@realkaranmehra)

ކަރަން މަޝްހޫރު ވެފައިވަނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިން އޭނާ ކުޅެމުން އަންނަ ނައިތިކްގެ ރޯލުންނެވެ. މިގެ އިތުރުން ކަރަންވަނީ "ބިގްބޮސް 10″، "ނަޗް ބައްލިޔޭ5″ އަދި "ކިޗަން ޗެމްޕިއަން 5″ އިން ވެސް ބެލުންތެރިންނާ ހަމައަށް ފެނިގެންގޮސްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *