އޭސީސީ ގޯސްވެފައިވަނީ ނަޝީދު ދައުލަތުގެ މާލިއްޔާއިން 444ރ ނެގި ހިސާބުން: ހައިލަމް

އޭސީސީ ގޯސްވެފައިވަނީ ނަޝީދު ދައުލަތުގެ މާލިއްޔާއިން 444ރ ނެގި ހިސާބުން: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2020 05:40
0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަސައްކަތް ކުރަނީ މަޖިލިސް ރައީސް ނަޝީދުގެ (444)ރ ގެ މައްސަލާގައިކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން ހައިލަމް ވިދާޅުވީ މިއީ ވަކި މަސްލަހަތެއްގައި ކުރާ ކަމެއްކަމަށެވެ. މިއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލައި އެކަން ހާމަކުރުމުން އެކަމާއި ހިތްޕުޅާނުވެގެން ކުރައްވާ މަސައްކަތެއް ކަމަށެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ދައުވާކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް މިއަދު ޕީޖީން ނިންމެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. އޭސީސީގެ ތަޙްގީގުތަކާމެދު މީގެ ކުރިންވެސް ސުވާލު އުފައްދަމުން ގެންދަވާ އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ ފަސް މެންބަރުން ވަކިކުރުމުގެ މައްސަލަ  ހުށައަޅުއްވާނެކަމަށެވެ.

އޭސީސީ ގޯސްވެގެން މިއުޅެނީ މަޖިލީހުގެ ރައީސް ދައުލަތުގެ މާލިއްޔަތުން ބޭނުންކުރެއްވި 444ރ ދެއްކުމަށް އެންގި ހިސާބުން. އަދި މާލެ ސިޓީގެ މޭޔަރުގެ މައްޗަށް ދަޢުވާކުރަން ފޮނުވުމުން ޕާޓީގެ އިތުބާރުވަނީ އެއްކޮށް ގެއްލިފައި.

– އަހުމަދު ހައިލަމް

މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މަސައްކަތްތައް އަމިން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް އޭސީސީން ކުރި ތަހުޤީޤަށް ސާބިތުވާތީ، މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރުމަށްޓަކައ، އޭސީސީން ޕީޖިއަށް މައްސަލަ ފޮނުވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީން ބުނެފައި ވަނީ، މާލޭ ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ޕާކުގެ މައްސަލަ އެ ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ މަހުގެ29 ވަނަ ދުވަހުގައެވެ. ސިފާގެ މައްސަލާގައި މިއަދު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ސިފާއަކީ އާއިލީ ބޭފުޅަކަށްވުމުން އެމައްސަލައިގެ އެއްވެސް ކަމެއްގައި ގާތްވެސް ނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.