ސަންޖޭއަށް އޮޅިގެން ޝަނާޔާއަށް އަންނަ މެސެޖަށް ޖަވާބު ދެވޭ!

ސަންޖޭއަށް އޮޅިގެން ޝަނާޔާއަށް އަންނަ މެސެޖަށް ޖަވާބު ދެވޭ!

Author
ފާތިމަތު ނާވީ
13 މެއި 2021 01:14
0

ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރުގެ ބޮލީވުޑަށް ތަޢާރަފްވާން ހަމަޖެހިފައިވަނީ މިއަހަރުއެވެ. އެގޮތުން މި އަހަރުގެ ކުރީ ކޮޅުގައި އާއިލާއިން ވަނީ ކަރަންޖޯހަރް އަދި ދަރްމާ ޕޮރޮޑަކްޝަންގެ ފިލްމަކުން ޝަނާޔާ ފެނިގެންދާނެކަން އިއުލާން ކޮށްފައިއެވެ. މިކަން އިއުލާން ކުރުމަށްފަހު ޝަނަޔާގެ އިންސްޓްގްރާމު އެކައުންޓު ވަނީ ޕަބްލިކް އެކައުންޓަކަށް ބަދަލުކޮށްފަ އެވެ.

ޝަނަޔާ ބޮލީވުޑަށް ނުކުންނަ ވާހަކަ އިއުލާން ކުރުމާއި އެކުގައި އޭނާގެ ފޮލޯވާސް ވަރަށް ގިނަ އަދަދަކަށް އިތުރުވެފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެގޮތުން ހެދުނު އިއުލާން ކުރުމުން ހަވީރަށް އެއްލައްކައެއްހާ ފޮލޯވާސް ލިބިފައިވާކަމަށްވެސް ބުނެފައިވެއެެވެ.

 

View this post on Instagram

 

A post shared by Shanaya Kapoor ? (@shanayakapoor02)

އިތުރަށް ވާހަކަދައްކަމުން ޝަނާޔާ ބުނެފައިވަނީ އޭނާގެ ސަޕޯޓަރުންނަށް އޭނާ ޝުކުރުވެރިވާ ކަމަށެވެ. އަދި އޭނާއަށް ވަރަށް ގިނަ ފޭނުންގެ މެއިލްވެސް ލިބޭ ކަމަށް ޝަނާޔާވަނީ ބުނެފައެވެ. އަދި ބައެއް ފަހަރަށް އޭނާގެ ބައްޕައަށް ވެެސް އޮޅިގެން މީގެ މެއިލްތަކަށް ޖަވާބު ދެވޭ ފަަހަަރުވެސް އަންނަ ކަމަށް އޭނާ ވަނީ ބުނެފަ އެެވެ.

ސަންޖޭ ކަޕޫރަކީ ބޮލީވުޑްގެ ކާމިޔާބު ތަރި އަނިލް ކަޕޫރުގެ އެއްބަނޑު އެއްބަފާ ކޮށްކޮއެވެ. ބޮލީވުޑްގައި މާ ކާމިޔާބު ނޫން ނަމަވެސް ސަންޖޭވެސް ވަނީ ބައެއް ފިލްމުތައް ކުޅެފައެވެ.

 

View this post on Instagram

 

A post shared by Shanaya Kapoor ? (@shanayakapoor02)

ޝަނާޔާގެ ޑެބިއު އިއުލާންކޮށްފައިވަނީ ދަރްމާ ޕްރޮޑަކްޝަންއިން ވަރަށް ޚާއްސަ ވީޑިއޯއަކާއި އެކުގައެވެ. އެގޮތުން އޭނާގެ ފުރަތަމަ ފިލްމު އަންނަނީ ޖުލައި 15ގައި ކަމަށް ވެސް މިވީޑިއޯ ގައިވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.