މީރާގެ ބޮޑު ސުވާލެއް، "ހުރިހާ ފިރިހެނުންވެސް އުޅެނީ މިހެންތަ"؟

މީރާގެ ބޮޑު ސުވާލެއް، "ހުރިހާ ފިރިހެނުންވެސް އުޅެނީ މިހެންތަ"؟

Author
ފާތިމަތު ނާވީ
11 މެއި 2021 09:18
0

މީރާ ރާޖްޕުތަކީ އަބަދުވެސް ފިރިމީހާ ޝާހިދް ކަޕޫރާއި ދަރިންގެ ފޮޓޯ އިންސްޓްގްރާމުގައި ހިއްސާކުރާ މީހެކެވެ. އެގޮތުން ދާދި ފަހުން މީރާ އޭނާގެ އިންސްޓްގްރާމުގެ ސޮޓޯރީއަށް ހިއްސާކޮށްފައިވަނީ ތަރުތީބު ގެއްލިފައިވާ ބޫޓެކެވެ. އަދި ކަައިރީގައި އިސްޓާކީނުވެެސް އޮތެވެ.

މިފޮޓޯ ހިއްސާ ކުރަމުން މީރާ ބުނެފައިވަނީ "ހުރިހާ ފިރިހެނުންވެސް އުޅެނީ މިހެންތަ؟" މިހެންނެވެ. ބެލެވޭ ގޮތުގައި މިއީ ޝާހިދްގެ ބޫޓެކެވެ.

މީރާއަކީ އިސްޓަގްރާމާއި މިނޫންވެސް އެހެން ޕްލެޓްފޯމުތަކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރާ މަޝްހޫރު ފަންނާނެކެވެ. އެގޮތުން އޭނާ އަކީ އޭނާގެ ދިރިއުޅުމުގައި ހިނގާ ގިނަ ކަންކަން ބެލުންތެރިންނާއި ހިއްސާ ކުރާ ފަރާތެކެވެ.

މީގެ އިތުރުން ދަރިންގެ ކަންކަމާއި، ބިއުޓީޓިޕްސް އަދި ގޭތެރޭގެ ތަފާތު ކަންކަންވެސް އޭނާ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. ޝާހިދާއި މީރާއަކީ ގިނަބަޔަކު ނަމޫނާއެއް ގޮތުގައި ބަލާކަޕަލްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.