ރޯދަ ވިއްލުމަށް ޓަކައި ކޮންމެހެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ކާނާ ތައްޔާރު ކުރުމުގެ ސަބަބުން ރޯދައިގެ ދަރުމަ އާއި ޘަވާބަށް އުނިކަން އަންނާނެތޯ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ކާމޭޒު މަތީގައި އިސްރާފް ބޮޑު ވުމަކުން ރޯދައިގެ ދަރުމަ އާއި ޘަވާބަށް އުނިކަމެއް ނާންނާނެއެވެ. ރޯދައިގެ އަޅުކަމަށް ފަހު ޙަރާމް ކުރެއްވި ޢަމަލެއް ކުރުމަކުން ރޯދައިގެ ދަރުމަ އާއި ޘަވާބަށް އުނިކަމެއް ނާންނާނެއެވެ.
އިސްރާފް ކުރުން ވަދެގެންދާނީ ސޫރަތުލް އަޢްރާފްގެ 31 ވަނަ އާޔަތުގެ ތެރެއަށެވެ. (وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ) މާނައަކީ: " އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ." އިސްރާފް ކުރުމަކީ ހަރާމް ކަމެކެވެ.
އިގްތިޞާދު ކުރުމަކީ ދިރިއުޅުމުގެ ދެބައިކުޅަ އެއްބައެވެ. ވީމާ، އިތުރުވާ ވަރަށް ތަކެތި ހުރެއްޖެނަމަ އެތަކެތިން ޞަދަގާތް ކުރުން ހުއްޓެވެ. والله أعلم
ކޮމެންޓު ފޮނުވާ