ސުޕްރީމް ކޯޓު ޑިސެމްބަރު 1 އިން ފެށިގެން އެއް މަހުގެ ރިސެސްއަކަށް

ސުޕްރީމް ކޯޓު ޑިސެމްބަރު 1 އިން ފެށިގެން އެއް މަހުގެ ރިސެސްއަކަށް

Author
އަހުމަދު
25 ނޮވެމްބަރ 2026 10:07
0

 

ސުޕްރީމް ކޯޓު ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ރިސެސްއަށް ދާނެ ކަމަށް އެ ކޯޓުން އިއުލާނުކޮށްފިއެވެ.

ކޯޓުތަކުގެ ގާނޫނާ އެއްގޮތަށް، ސުޕްރީމް ކޯޓުގެ ރިސެސް ފެށޭނީ މި މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހަށް ފަހުގައެވެ. ރިސެސް ނިމޭނީ އަންނަ އަހަރުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުއެވެ. އެހެންކަމުން، މި ރިސެސް އޮންނާނީ ޖުމްލަ އެއް މަސް ދުވަހުގައެވެ.

ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގައި ޝަރީއަތުގެ އަޑުއެހުންތައް ނުބާއްވާނެއެވެ. ނަމަވެސް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައްޔާއި، ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ މައްސަލަތަކުގެ އަޑުއެހުންތައް ބޭއްވުމަށް ހުރަހެއް ނެތެވެ.

ސުޕްރީމް ކޯޓުން ބުނީ، ރިސެސްގެ ތެރޭގައި ވެސް މައްސަލަތައް ބަލައިގަތުމާއި އެހެނިހެން އިދާރީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.