ޑްރަގް އެތެރެކުރި މައްސަލާގައި 30 އަހަރުގެ މީހަކު 15 ދުވަހަށް ބަންދަށް

ޑްރަގް އެތެރެކުރި މައްސަލާގައި 30 އަހަރުގެ މީހަކު 15 ދުވަހަށް ބަންދަށް

Author
އަހުމަދު
26 ނޮވެމްބަރ 2026 10:17
0

 

ކޫރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް ފޮނުވި ޕެކޭޖެއްގައި 3.6 ކިލޯ ކެނަބިސް ފޮރުވައިގެން ގެނައި މައްސަލާގައި ހައްޔަރުކުރި ގދ. ތިނަދޫ، ދޫރަފިޝް، ހަސަން ޝައްމާން (30) 15 ދުވަހަށް ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ، ޝައްމާން ހައްޔަރުކުރީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދިން މައުލޫމާތުގެ މަތިން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ޕެކޭޖު ބަލައިފާސްކުރިއިރު ޝައްކުކުރެވުނު ކަމަކާ ގުޅިގެން އިތުރަށް ބެލުމުން، އޭގެ ތެރޭގައި ކެނަބިސް ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ޝައްމާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި އެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.