މަލައިކާ އަންހެން ދަރިއަކު ބޭނުންވާ ސަަބަބު!

މަލައިކާ އަންހެން ދަރިއަކު ބޭނުންވާ ސަަބަބު!

Author
ފާތިމަތު ނާވީ
11 މެއި 2021 11:43
0

މަލައިކާ އަރޯރާ ވަނީ އޭނާ އަބަދުވެސް އަންހެން ކުއްޖެއް ބޭނުންކަމަށް ބުނެފައެވެ.

މަލައިކާ މިހެން ބުނެފައިވަނީ ސުޕަ ޑާންސާގެ އެޕިސޯޑެއްގައި ފްލޯރީނާގެ ހުށަހެޅުން ބެލުމަށްފަހުގައެވެެ. އޭނާ ބުނެފައިވަނީ މި ހުށަހެޅުން ބެލުމުން އޭނާ އަންހެން ކުއްޖެއް ބޭނުންވާ ކަން ހަނދާންވާ ކަމަށެވެ.

މި އެޕިސޯޑުގައި ވާހަކަ ދައްކަމުން މަލައިކާ ބުނެފައިވާނި އޭނާ ފްލޯރީނާ ގެޔަށް ގެންދިޔަސް އެންމެ ރަނގަޅުތޯއެވެ. އޭނާ އަތުގައި ރީތި ހެދުމާއި ބޫޓު ހުއްޓަސް އެ ލާނެ އަންހެން ކުއްޖެއް އޭނާގެ ގޭގައި ނެތްވާހަކަ ވެސް އޭނާވަނީ ބުނެފައެވެ.

މަލައިކާ އަށް ލިބިފައިވަނީ އެންމެ ފިރިހެން ކުއްޖެކެވެ. އެއީ 18 އަހަރުގެ އަރްހާންއެވެ. މަލައިކާ މިހާރު ރައްޓެހިވެގެން އުޅެނީ އަރްޖުން ކަޕޫރާއެވެ.

 

View this post on Instagram

 

A post shared by Malaika Arora (@malaikaaroraofficial)

ސުޕަ ޑާންސާ ޝޯވއަށް މަލައިކާ އައިސްފައިވަނީ މެހެމާނެއްގެ ގޮތުގައެވެ. މިޝޯގެ ޖަޖް ޝިލްޕާ ޝެއްޓީގެ އާއިލާ ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ވަނީ ބްރޭކެއް ނަގާފައެވެ. އެހެންނަމަވެސް ޝިލްޕާގެ ޓެސްޓް ނަތީޖާ ނެގެޓިވް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.