އިންޑިއާގައި ކޮވިޑް 19ގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. މިއާއެކުގައި އެކިއެކި ފަރާތްތަކުން ގެންދަނީ މި ބަލިމާޑުކަމާއެކު އެގައުމަށް ދިމާވެފައިވާ އިންސާނީ މުސީބާތުން އަރައިގަތުމަށް އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި އަމިއްލަ ފަރުދުންގެ އިތުރުން މަޝްހޫރު ފަންނާނުން ވެސް ހިމެނެެއެވެ.
އެގޮތުން ބޮލީވުޑްގެ ބަތަލާ ޖެކޮލިން ފެރްނާންޑޭޒް ވަނީ އެހީތެރިވުމުގެ ގޮތުން މުމްބާއީގެ ފަގީރުންނަށް ކާތަކެތި ފޯރުކޮށްދިނުމުގެ ކެމްޕޭނެއްގައި ބައިވެރިވެފައެވެ. މިއީ ރޯޓީ ބޭންކްގެ ފަރާތުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
Mother Teresa once said, "Peace begins when the hungry are fed."
I was truly humbled and inspired to visit Mumbai @rotibankFdn today, which is run by former Mumbai police commissioner Mr. D Sivanandan. Roti Bank has prepared and distributed meals to millions of hungry people pic.twitter.com/jn64M0GDim
— Jacqueline Fernandez (@Asli_Jacqueline) May 6, 2021
ޖެކޮލިން ވަނީ މި ކެމްޕޭންގައި އޭނާ އަމަލީގޮތުން ބައިވެރިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އޭނާ ވަނީ " އަމާންކަން ގާއިމު ކުރެވޭނި ބަނޑޫހައިވެފައިވާ މީހުންނަށް ކާންދިނުމުން" މިހެން ލިޔެފައެވެ.
މީގެ އިތުރުން ޖެކޮލިން ވަނީ ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނު ގޮތަކުން މި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.
ޖެކޮލިން ވަނީ "ޔޫ އޮންލީ ލިވް ވަންސް ( ޔޯލޯ)" ގެ ނަމުގައި ފައުންޑޭޝަންއެއް ހަދާފައެވެ. މި ކެމްޕޭނުގައި ރޯޓީ ބޭންކުގެ އިތުރުން ޔޯލޯ ފައުންޑޭޝަންގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.
ފިލްމީ މަސައްކަތަަށް ބަލައިލާއިރު ޖެކޮލިން ދެން އެންމެއަވަހަށް ފެނިގެން ދާނީ ސަލްމާން ޚާންގެ ރާދޭ އިންނެވެ.