އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދާނެކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
ކޯވީޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ދައުވާކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް މިއަދު ޕީޖީން ނިންމެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. އޭސީސީގެ ތަޙްގީގުތަކާމެދު މީގެ ކުރިންވެސް ސުވާލު އުފައްދަމުން ގެންދަވާ އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ މިއަދު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ ފަސް މެންބަރުން ވަކިކުރުމުގެ މައްސަކަ ހުށައަޅުއްވާނެކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މިއަދު ބޭއްވުމަށް ނިންމާފައިވަނީ މެންދުރުުފަހު 14:00 އަށެވެ.
މިއަދު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ ވަކިކުރަން އެދި ހުށައަޅާނަން.
— Hassantay (@HassantayMDP) October 20, 2020
މަޖިލިސް ކޮމިޓީއަށް ހެނދުނު 11 ޖަހާއިރަށް ހާޒިރުވާން އަންގާފާވަނިކޮށް، ހެނދުނު 8 ޖެހިއިރު، އަވަސްއަރުވާލާފާ، ދަށްފެންވަރުގެ ތަހުގީގީ ރިޕޯޓެއް ޕީ.ޖީ އޮފީހަށް ފޮނުވުގެ ނަތީޖާ. އޭ.ސީ.ސީ އަށް އިތުބާރެއް ނެތް، ވަކި ކުރަން ހުށައަޅާނަން.
– މީކާޢީލް އަޙްމަދު ނަސީމް
ބޮޑެތި ޢަދަދުތަކުން ދައުލަތަށް ފައިސާ ގެއްލިފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އޭސީސީގައި ފުނިޖެހިފައިވާއިރުވެސް އެމައްސަލަތައް ތަޙްގީގްކުރުމަށް އޭސީސީ ނުކުޅެދިފައިވާކަމަށް މަޖިލިސް މެންބަރުން ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އެމައްސަލަ ތަހްގީގުކުރުމުގައި ލަސްތަކެއް ވަމުންދާކަންވެސް މެންބަރުން ފާހަގަކުރައްވައެވެ. އެހެންކަމުން އޭސީސީގެ މެންބަރުންގެ އިސްތިއުފާއަށް މަޖިލީހުގައި ޖަލްސާގައި މެންބަރުން ގޮވާލައްވަމުން ގެންގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ